Thu, 8 December, 2022, 10:02 am

އަންހެނަކު ކައިވެނި ކޮށްގެން އުޅޭ ބުދު އޭނާއަށް ”ބޭވަފާތެރި” ވެއްޖެ!

މިއީ އަމިއްލަ ހިޔާލީ ދުނިޔެއެއްގައި އުޅޭ ބްރެޒިލްއަށް އުފަން އުމުރުން 37 އަހަރުގެ މެއިރިވޯން ރޮޗާ މޮރޭސް، ނަމަކަށް ކިޔާ އަންހެނެއްގެ ވަރަށް ތަފާތު ވާހަކަ އެކެވެ.

މެއިރިވޯންގެ މި އާދަޔާހިލާފު ލޯބީގެ ގުޅުމުގެ ވާހަކަ މިދިޔަ އަހަރު މީޑިއާތަކުގެ ސުރުހީތަކަށްވެސް އެރި އެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ ހަޔާތުގެ ލޯބިވެރިޔާއަކީ މާސެލޯ ނަމަކަށް ކިޔާ އެ ރެގްޑޯލް އެވެ. އެ ބުދާ، އޭނާ ކައިވެނި ކުރީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ބުދަށް ބަލިވެ އިނދެ ދަރިއަކުވެސް ވިހެއި ކަމަށް މެއިރިވޯން ބުނެފައިވެ އެވެ. އޭނާ ވިހެއީ ކައިވެނި ކޮށްގެން އުޅޭ ބުދު ކަހަލަ، ރެގްޑޯލް އެކެވެ. ދެ ޑޮކްޓަރުންގެ ހާޒިރުގައި މެއިރިވޯން އެ ރެގްޑޯލް ވިހެއި އިރު، އެ މަންޒަރު ލައިވްސްޓްރީމްވެސް ކުރި އެވެ.

ނަމަވެސް އެ ދެ މީހުންގެ ގުޅުން ވަރަށް ބޮޑަށް އޮތީ ހީނަރުވެފަ އެވެ. އެގޮތުން މެއިރިވޯން ދާދި ފަހުން ޓިކްޓޮކްގައި ހިއްސާކުރި ވީޑިއޯއެއްގައި ވަނީ، ބުދު، އެހެން އަންހެނަކާ ގުޅުން ބާއްވައި އޭނާއަށް ބޭވަފާތެރިވެފައިވާ ކަމަށް ބުނެފަ އެވެ.

މެއިރިވޯން ބުނި ގޮތުގައި އެ މީހުންގެ ގުޅުމާ މެދު ޝައްކު އުފެދެން ފެށީ އޭނާ ވިހެއި ފަހުން ބިލްތައް ދައްކަން އުނދަގޫވެ އެ ދެ މީހުންގެ ދިރިއުޅުން ކުރިއަށް ގެންދަން ހަމައެކަނި މަސައްކަތް ކުރާ މީހަކީ އޭނާ ކަމަށް ވެގެން ދިއުން ކަމަށެވެ.

ގާތްގަނޑަކަށް 1.6 މިލިއަން ވިއުސް އާއި 120،000 އަށް ވުރެ ގިނަ ލައިކްސް ލިބުނު މި ވީޑިއޯގައި އޭނާ ބުނެފައިވާ ގޮތުގައި ބުދު ވަނީ އެހެން އަންހެނަކާއެކު ގުޅުން ހިންގައިފަ އެވެ. ބުދުގެ ފޯނުން އޭނާއަށް މެސެޖުތަކެއްވެސް ފެނުނު ކަަމަށް ބުންޏެވެ.

‘އަހަންނަށް އެނގުނީ ރައްޓެއްސަކު އަހަރެން ކައިރީގައި ބުނީ މާސެލޯ އެހެން އަންހެނަކާ އެކު މޮޓަލަކަށް ވަންނަތަން ފެނުނު ކަމަށް. އޭރު އަހަރެން އަހަރެމެންގެ ފިރިހެން ދަރިފުޅު މާސެލީނިއޯއަށް ވައިރަސްއެއް ޖެހި ފަރުވާ ހޯދުމަށް އަހަރެން ހޮސްޕިޓަލުގައި ހުންނަތާ ތިން ދުވަސް ވެއްޖެ،” މެއިރިވޯން ބުންޏެވެ.

މެއިރިވޯން ބުނީ އެކަމާ އޭނާ ބޮޑަށް ދެރަވި ކަމަށާއި ނަމަވެސް އެ ވާހަކަތައް ބުދު ދޮގުކުރާ ކަމަށެވެ. ނަމަވެސް ބުދު ބޭވަފާތެރިވީކަން ޔަގީންވާތީ އެއާއެކު އެއް ކޮޓަރިއެއްގައި ހުންނަން ބޭނުން ނުވާ ކަމަށާއި ބުދު ނިދަނީ ގޭގެ ސިޓިންރޫމްގައި ކަމަށް ބުންޏެވެ.

މެއިރިވޯން އިތުރަށް ބުނީ އޭނާއާއި ބުދަށް ލިބުނު ދަރިފުޅު ބޮޑުވަމުން އަންނާތީ ބުދު ގެއިން ނެރެލަން ބޭނުންނުވާ ކަމަށާއި އަދި ބުދު ދެކެވާ ލޯތްބެއްގެ ބޮޑުކަމުން އޭނާއަށް ކޮންމެވެސް ވަރަކަށް މާފު ކޮށްފައިވާ ކަމަށެވެ. އަދި ބުދު އިތުރަށް ބޭވަފާތެރިވެއްޖެ ނަމަ މާފު ނުކުރާނެ ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.