Thu, 8 December, 2022, 12:38 pm
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ---

80,000ރ. ގެ މުސާރައެއް ލިބޭއިރު މެންބަރުން ޖަލްސާއަށް ހާޒިރު ނުވާތީ ނަޝީދު ހިތްހަމަނުޖެހިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި 80,000 އަށްވުރެ ގިނަ ރުފިޔާ ލިބޭއިރުވެސް ޖަލްސާއަށް ވަޑައިނުގަންނަވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަނުޖެހިއްޖެ އެވެ.

މިއަދު ކުރިއަށްދާ މި އަހަރުގެ ތިން ވަނަ ދައުރުގެ 42 ވަނަ ޖަލްސާއަށް ވަޑައިގަތީ 87 މެންބަރުންގެ ތެރެއިން 22 މެންބަރުންނެވެ.

އެކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، ކޮންމެ މެންބަރަކަށްވެސް ބޮޑު މުސާރައަކާއި ކޮމިޓީ އެލަވެންސްތައް އެހާމަ ގިނައިން ލިބިވަޑައިގަންނަވާ ކަމަށެވެ.

“މެންބަރުންގެ މުސާރައިގެ ގޮތުގައި 80،000 އަށްވުރެ ގިނަ ރުފިިޔާ އެބަ ގެއަށް ގެންދަވާ. އަދި މެންބަރުން އިންތިހާބުވެ ވަޑައިގެންފައި ތި ތިއްބަވަނީ ރައްޔިތުންގެ ވަކީލުންގެ ގޮތުގައި މިތަނުގައި ތަމްސީލު ކުރުމަށް. މިތަނަށް ވަޑައިނުގަންނަވާ ކަމީ ވަރަށް ބޮޑު ހިތާމައެއް،” ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ހާޒިރީ ދަށްވާ މައްސަލައިގައި ނަޝީދު މީގެ ކުރީންވެސް ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.