Thu, 8 December, 2022, 12:38 pm

އިމަޖެންސީ ހާލަތުގައި ބަލިމީހުން އުފުލަން ހެލްތަށް 13 ލޯންޗު ގަންނަން ހަވާލުކޮށްފި

ހެލްތު މިނިސްޓްރީއަށް 13 ލޯންޗު ގަންނަން ގަލްފް ކްރާފްޓް މޯލްޑިވްސްއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާފިލް އެވެ. ގަލްފް ކްރާފްޓްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޑަކްޝަން ޖެނެރަލް މެނޭޖަރު ކޯސްޓާސް އެލިއޯޕްލަސް އެވެ.

މިއީ ވޯލްޑް ބޭންކް އަދި އޭޝިއަން އިންފްރާންސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމް ޕްރެޕެއާޑްނަސް ޕްރޮޖެކްޓުގެ ދަށުން ގަންނަން ހަވާލުކުރި ލޯންޗުތަކެވެ.

އެ ލޯންޗުތައް ގަންނަން ގަލްފް ކްރާފްޓާ ހަވާލުކުރީ 31 މިލިއަން ރުފިޔާ އަށެވެ. އެއްބަސްވުމުގައިވާ ގޮތުން 1 އަހަރު ދުވަހުގެ ތެރޭގައި ލޯންޗުތައް މިނިސްޓްރީއާ ހަވާލުކުރަންޖެހެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ, މި ލޯންޗުތައް ބޭނުންކުރާނީ ލެބޯޓްރީ ސާމްޕަލް ގެންދިއުމަށާއި އައުޓްރީޗް ޕްރޮގްރާމް ހިންގުމަށް އަދި އިމަޖެންސީ ހާލަތުގައި ބަލިމީހުން އުފުލުމަށް ކަމަށެވެ.

މިކަމުގެ ސަބަބުން މިވަގުތު ލެބޯޓްރީ ނެތް ރަށްރަށުންނާއި ބައެއް ޓެސްޓުތައް ނެހެދޭ ލެބޯޓްރީތަކުން ސާމްޕަލް އުފުލުމަށް އިތުރަށް ފަސޭހަވެ, ރީޖަނަލް ހޮސްޕިޓަލް ނުވަތަ އަތޮޅު ހޮސްޕިޓަލް މެދުވެރިކޮށް ސްޕެޝަލިސްޓުންގެ ހިދުމަތާއި އެނޫންވެސް ހިދުމަތްތަކާއެކު އައުޓްރީޗް ޕްރޮގްރާމްތައް އެ އަތޮޅެއްގެ ރަށްތަކަށް ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.