Thu, 8 December, 2022, 12:38 pm

ދިވެހި ބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފަށް ޑެޕިއުޓީ މިނިސްޓަރުކަން

ދިވެހި ބަހުގެ އެކަޑެމީގެ ކުރީގެ ރައީސް ގއ. ނިލަންދޫ/ ލިލީމާގޭ، އަޝްރަފް އަލީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަކަށް މިއަދު އައްޔަންކޮށްފި އެވެ.

އަޝްރަފް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން 2016 ވަނަ އަހަރު މާސްޓާސް ޑިގްރީ އިން ލެންގުއޭޖެ އެންޑް ކަލްޗާ ހާސިލުކުރައްވައިފަ އެވެ.

ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރުމުގެ ކުރިން އަޝްރަފް ހުންނެވީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗާގެ ޑީންގެ މަގާމުގަ އެވެ. އޭގެ ކުރިން އަލިމަސް އެކަޑެމީގެ ރައީސްގެ މަގާމު އަދާކުރައްވާފައިވެ އެވެ.

މީގެ އިތުރުން އަޝްރަފަށް ވަނީ ސާކް ލިޓްރަރީ އެވޯޑް 2019 ވަނަ އަހަރު ލިބިވަޑައިގަންނަވާފަ އެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.

އަޝްރަފާއެކު ހޯމް މިނިސްޓްރީގައި މިވަގުތު ހަ ޑެޕިއުޓީ މިނިސްޓަރުން ތިއްބަވާނެ އެވެ. އެއީ:

  • ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މައްނާން ޔޫސުފް
  • ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު
  • ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު
  • އަބޫބަކުރު އަބްދުލްކަރީމް
  • ލުއައްޔު ސައީދު

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.