Thu, 8 December, 2022, 12:38 pm
އީވާ އަބްދުالله ---

ކިއްލި ތެޅުމާއި ހެދިކާ ހެދުން ނޫން ހުރިހާ ވިޔަފާރިއަކަށް ސަރުކާރުން ވަދެއްޖެ: އީވާ

ސަރުކާރުން ވަރަށް ބޮޑަށް އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ވަދެފައިވާ ކަމަށް ވިދާޅުވެ, ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުاللهސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ, އަހަރަކަށްވުރެ އަހަރެއް ސަރުކާރުގެ ހަރަދު ބޮޑުވަމުންދާ އިރު, ހަރަދުކުރަނީވެސް އިގުތިސާދު ކުރިއަރާނެ ކަންކަމަށް ނޫން ކަމަށެވެ. އަދި އަމިއްލަ ވިޔަފާރިތަކަށް އޮންނަ ފުރުސަތު ހަނިކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މި އަހަރު ބޭރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދުގެ 10 ޕަސެންޓް ވެސް ނުލިބުމުން, ޑޮމެސްޓިކް ފައިނޭންސިން އިން ސަރުކާރުގެ މަޝްރޫއުތައް ހިންގަން ޖެހިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ބޭންކުތަކުން ދޭނެ ފައިސާއެއް އަދި ލޯނެއް ނެތް ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތަކަށް ފާޑުވިދާޅުވެ އީވާ ވިދާޅުވީ, އެ ކުންފުނިތައް ބޮޑުވަމުން ގޮސް އެމްޑީޕީގެ އެންމެ އަސާސީ ވިސްނުމާ ހިލާފަށް ސަރުކާރުން ވިޔަފާރިކުރާ ތަނަކަށް ވަދެފައިވާ ކަމަށެވެ.

“ދެން އޮތީ ސަރުކާރުގެ ކުންފުނިތައް. ބޮޑުވަމުން ބޮޑުވަމުން ގޮސް މިހާރު ކިއްލި ތެޅުމާއި ހެދިކާ ހެދުމާއި ބިއުޓީ ޕާލާ ހިންގުން ނޫން ހުރިހާ އަމިއްލަ ވިޔަފާރިއެއްގެ ތެރެއަށް ސަރުކާރުން ހިންގާ ކުންފުނިތައް ވަދެއްޖެ,” އީވާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.