Thu, 8 December, 2022, 12:38 pm
ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ފީފާ

މޮރޮކޯ އިން ކްރޮއޭޝިއާ ހިފަހައްޓައިފި

ވޯލްޑް ކަޕްގެ “ގްރޫޕު އެފް”ގެ ފުރަތަމަ މެޗުގައި މޮރޮކޯ އިން އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ ހިފަހައްޓައިފިއެވެ.

ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ހަވީރު ކްރޮއޭޝިއާ އާއި މޮރޮކޯ ކުޅުނު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި މޮރޮކޯގެ އަޝްރަފް ހަކީމީ އާއި ހާކިމް ޒިޔެޗްގެ ނުރައްކާ ފެނުނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ޒިޔެޗް ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ޑިފެންޑަރު ޑެޖާން ލޮވްރެން ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކްރޮއޭޝިއާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ ހާފުގެ ފަހު މިނެޓުގައި ނިކޯލާ ވްލަސިޗްއަށް ލިބުނު ފުރުސަތެވެ. ބޯނާ ސޯސާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވްލަސިޗް ފޮނުވާލި ހަމަލާ، މޮރޮކޯގެ ކީޕަރު ޔަސީން ބޫނޯ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ 53 ވަނަ މިނެޓުގައި ކްރޮއޭޝިއާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ލޫކާ މޮޑްރިޗް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެޖާން ލޮވްރެން ފޮނުވާލި ހަމަލާ، މޮރޮކޯގެ ސޮފްޔާން އަމްރަބާތު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 64 ވަނަ މިނެޓުގައި މޮރޮކޯގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޒިޔެޗް ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ހަކީމީ ފޮނުވާލި ބާރު ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ މަތަކޮށްފައެވެ.

މިއަދު ކުރިއަށް ހުރި މެޗުތައް:

18:00، ޖަރުމަން – ޖަޕާން (ގްރޫޕު އީ)

21:00، ސްޕެއިން – ކޮސްޓަ ރީކާ (ގްރޫޕު އީ)

00:00، ބެލްޖިއަމް – ކެނެޑާ (ގްރޫޕު އެފް)

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.