Thu, 8 December, 2022, 12:38 pm
ރައީސް ސޯލިހު އީޔުގެ ސަފީރުންނާ އެކު މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ރައީސް އީޔޫ ވަފުދުގައި އެދިވަޑައިގަތީ ވިސާ ލުއިކޮށްދީ މަހުގެ ޑިއުޓީ ކުޑަކޮށްދޭން

ޔޫރަޕުގެ ޝެންގެން ސަރަހައްދަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ލުއިފަސޭހަކޮށްދީ ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓް ކުރުމުގައި ނަގާ ޑިއުޓީ ކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

އީޔޫއިން ރާއްޖެއާއެކު ބޭއްވި ޕޮލިސީ ޑައިލޮގް ބައްދަލުވުންތަކުގައިވެސް ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވަނީ އެ ކަންތައްތަކަށް އެދިވަޑައިގެންފަ އެވެ.

އީޔޫއިން ރާއްޖެއާއެކު ބާއްވާ ހަ ވަނަ ޕޮލިސީ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫގެ ގައުމުތަކުގެ ސަފީރުން މިއަދު ވަނީ ރައީސް ސޯލިހާ ބައްދަލުކުރައްވައިފަ އެވެ.

އެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދެނިސް ޗައިބީ އެވެ. ދެން އެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ:

  • އިޓަލީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ރިޓާ މަނެއްލާ
  • އޮސްޓްރިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކެތެރީނާ ވީޒާ
  • ޖަރުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހޮލްގާ ލޯތާ
  • ނެދަލެންޑްސް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ބޮނީ ހާބޯކް
  • އެމްބަސީ އޮފް ރޮމޭނިއާގެ ޗާޖް ޑި އެފެއާޒް ވިކްޓާ ޗިއުޑިއާ
  • ފްރާންސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އޮރެލިއެން މެއިލޭ

ރައީސް އޮފީހުން ބުނީ މިއަދުގެ ބައްދަލުވުމުގައި އީޔޫގެ ވަފުދުން ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި މުހިންމު ދައުރެއް އަދާކުރާ ގައުމެއްކަން ފާހަގަކުރެއްވި ކަމަށެވެ. އަދި ރާއްޖެއާ އިތުރަށް ގުޅުންބަދަހި ކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށްވެސް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.