Thu, 8 December, 2022, 2:39 pm
ފައިނޭންސިން އެގްރިމެންޓުގައި ސޮއި ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން: މުނިއަކީ 1983 ވަނަ އަހަރު މާލޭގައި އުފެދުނު ވިޔަފާރިއެއް -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ބަދަލުގައި ރަށެއް ދޭ އުސޫލުން, ހަ އެއާޕޯޓަށް ފައިސާ ހޯދަން މުނި އެންޓަޕްރައިސަސް އަށް

ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން, ހަ ރަށެއްގެ އެއާޕޯޓް ހަދަން ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަން އިތުރު ދިވެހި ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ސަރުކާރުން ހަރަދު ކުރުމުގެ ބަދަލުގައި އިންވެސްޓަރުން ހަދާ ގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް، ކްރޮސް ސަބްސިޑީ އުސޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ހަ އެއާޕޯޓަކަށް ފައިނޭންސްކުރާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.

އެއާޕޯޓް ހަދާ ރަށްތައް:

  • ހދ. މަކުނުދޫ
  • ށ. ބިލެއްފަހި
  • ބ. ތުޅާދޫ
  • ތ. ވިލުފުށި
  • ފ. މަގޫދޫ
  • ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް

ޕްލޭނިން މިނިސްޓްރީން އިއްޔެ އެއްބަސްވުމެއް ހެދީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކުމުގެ ވިޔަފާރިކުރަމުން އަންނަ މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެކު އެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ މަހު ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކުވެސް ފައިނޭންސިން އެއްބަސްވުމެއް ހަދައިފަ އެވެ. އެ ކުންފުންޏަކީ ރިސޯޓް ހަދައި ހިންގުމުގައި ގިނަ އަހަރުތަކެއް ވެފައިވާ ސަންލޭންޑް ހޮޓެލްސް އާއި ސަންލޭންޑް ޓްރެވަލްސްގެ ހިއްސާދާރުންގެ ކުންފުންޏެކެވެ.

މި ދެ ކުންފުނިންވެސް ފައިނޭންސް ކުރަނީ ސީދާ ކޮން ރަށެއްގައި އެއާޕޯޓް ހެދުމަށް ކަމަށް ޕްލޭނިން މިނިސްޓްރީން ނުބުނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.