Thu, 8 December, 2022, 3:25 pm
ޖުލައި 5، 2020، މާލެ، ރައީސް ސޯލިހު ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރު ކޮއްޓަށް ވަޑައިގަތުން --- ފޮޓޯ: ރައީސް އޮފީސް

ދައުވާ ނުކޮށް ބަންދުކުރެވޭ މުއްދަތު 75 ދުވަހުން 3 މަހަށް އިތުރުކުރުމުގެ ބާރު ދީފި

ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީކުރުމަށް ފުލުހުންނަށް ލިބޭ މުއްދަތު ތިން މަހަށް އިތުރުކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ސަރުކާރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލީހަށް ހުށަހެޅި މި އިސްލާހު ފާސްކުރީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 33 ވަނަ ޖަލްސާގަ އެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން، ފުލުހުންނަށް ޓެރަރިޒަމް މައްސަލަތައް ފިޔަވައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ގިނަވެގެން ލިބެނީ 75 ދުވަހެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހައްޔަރުކުރާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ގިނަވެގެން 90 ދުވަސް ލިބެ އެވެ.

މިއަދު ތަސްދީގު ކުރި އިސްލާހާއެކު ޖިނާއީ ބޮޑެތި ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހާގެ ތަހުގީގު މުއްދަތު އިތުރުކުރުމަށް ފުލުހުން ބޭނުންވާ ނަމަ ތަގުގީގުގެ މުއްދަތު 60 ދުވަހަށް އިތުރު ކުރުމުގެ ބާރުވެސް ލިބެ އެވެ. މިހާރު ގާނޫނުގައި އޮންނަނީ 45 ދުވަހުގެ މުއްދަތެކެވެ.

ޖިނާއީ އިޖުރާތު ގާނޫނުގައި ކަނޑައަޅާފައިވާ ބޮޑެތި ކުށްތައް:

 1. މީހުން މެރުން
 2. ރޭޕްކުރުމުގެ ކުށް
 3. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް
 4. ޓެރަރިޒަމްގެ ކުށްތައް
 5. މަނީ ލޯންޑްރިން
 6. ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް
 7. ޓްރެފިކްކުރުމުގެ ކުށް
 8. މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް
 9. ލައްކައަކަށްވުރެ މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށް
 10. ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
 11. ރިޝްވަތާއި ކޮރަޕްޝަންގެ ކުށް

 

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.