Thu, 8 December, 2022, 3:20 pm

މީދޫ ބަނދަރުގެ ހާބަރު ޕޭވްމަންޓް ހެދުމާއި ބަނދަރު ފުންކުރުމުގެ ބޮޑުބައެއް ނިމިއްޖެ

ދ. މީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހާބަރު ޕޭވްމަންޓް މަސައްކަތާއި ބަނދަރު ފުންކުރުމުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ

ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 21 ޖަނަވަރީ 2020ގަ އެވެ. މިއީ ޖުމުލަ 38.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ، ހާބަރު ޕޭވްމަންޓް މަސައްކަތުގެ 77 ޕަސެންޓް އަދި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 74 ޕަސެންޓް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހުރި މަސައްކަތްތައް:

  • ބަނދަރު ފުންކުރުން
  • 373 މީޓަރުގެ އެއްގަމުތޮއްޓެއް ލުން
  • 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 294 މީޓަރުގެ އެއްގަމުތޮއްޓެއް ލުން
  • 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން
  • 1470 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުން
  • ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުން

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.