Thu, 8 December, 2022, 1:52 pm
ހުޅުމާލެ ---

ހުޅުމާލޭގެ އަމިއްލަ ގެތަކުގެ ފުރަތަމަ ބުރީގައި ވިޔަފާރިކުރުމުގެ ހުއްދަ ދީފި

ހުޅުމާލޭގައި އަމިއްލަ އިމާރާތްތަކުގެ ފުރަތަމަ ބުރީގައި ވިޔަފާރިކުރުމުގެ ހުއްދަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފި އެވެ.

އެޗްޑީސީން މިއަދު ބުނީ، ހުޅުމާލޭގައި ވިޔާފާރިތައް ކުރިއެރުވުމުގެ ގޮތުން ދިން މި ހުއްދައާއެކު އަމިއްލަ ގެތަކުގެ ފުރަތަމަ ބުރީގައި ފިހާރަތަކާއި ރެސްޓޯރެންޓް އަދި އެހެނިހެން ހިދުމަތް ދޭ ވިޔަފާރިތައް ކުރެވޭނެ ކަމަށެވެ.

ނަމަވެސް ހުޅުމާލޭގެ ތިރީބަޔާއި ފުރަތަމަ ބުރީގައި ގަރާޖު އަދި ގުދަންކުރުން ފަދަ އިންޑަސްޓްރިއަލް އެއްވެސް ބޭނުމަކަށް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނީ، މި ހުއްދަ ދޭން އެ ކޯޕަރޭޝަނުން ނިންމީ އިކޮނޮމިކް މިނިސްޓްރީގެ އެދުމަކަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ކުރިއެރުމުގެ ގޮތުން އަދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ދިނުމަށް ކަމަށެވެ.

އެގޮތުން މި ނިންމުމުގެ ސަބަބުން ހުޅުމާލޭގައި ތަފާތު ގިނަ ވިޔަފާރި އިތުރުވެ، ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ހިދުމަތްތަކެއް ލިބި، އާންމުންނަށް ލުއިފަސޭހަވުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރައި ދިއުމަށް މަގުފަހިވާނެ ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.