Thu, 8 December, 2022, 2:19 pm
އުކުޅަހުގައި ކާނި ހޮޓެލްސް އިން ހަދާ ސިޓީ ހޮތަލުގެ ކުރެހުމެއް ---

އުކުޅަހުގައި ކާނި ހޮޓެލްސް އިން 250 އެނދުގެ ސިޓީ ހޮޓަލެއް ހަދަނީ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަމުން އަންނަ ކާނި ހޮޓެލްސް އެންޑް ޓުއާސް އިން އއ. އުކުޅަހުގައި 250 އެނދުގެ ސިޓީ ހޮޓަލެއް ހަދަން ނިންމައި, އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި ހޮޓާ ހެދުމަށް ކާނި ހޮޓެލްސް އަށް ބީޗް ފްރަންޓުން 8,000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ދީފައިވާއިރު, އަށް މިލިއަން ޑޮލަރު ހަރަދުކޮށްގެން އެ ބިމުގައި ހަދާނީ 10 ބުރީގެ ހޮޓަލެކެވެ. މި ހޮޓާ ވާނީ އުކުޅަހުގައި މިހާތަނަށް ހަދާ އެންމެ ބޮޑު ހޮޓަލަށެވެ.

ކާނި ހޮޓެލްސް އިން ބުނާ ގޮތުން, ހޮޓަލުގެ އަމަލީ މަސައްކަތް ފަށާތާއި ދެ އަހަރުގެ ތެރޭގައި ހޮޓަލުގެ މަސައްކަތް ނިންމާލެވޭނެ އެވެ.

އއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ފުޅާވެފައިވާ އުކުޅަހުގައި މިވަގުތު 33 ގެސްޓްހައުސް ހިންގަމުންދާ އިރު, އެއީ 680 އެނދެވެ. އެރަށުގައި މި ވަގުތު ހުރި އެންމެ ބޮޑު ގެސްޓްހައުސްގައި ހުރީ 52 އެނދެވެ.

ކާނި ހޮޓެލްސް އިން މިހާރުވެސް ކ. މާފުށީގައި ހަތަރު ގެސްޓްހައުސް އެއް ހިންގަ އެވެ. އޭގެ އިތުރުން މާލޭގައި 26 އެނދުގެ ގެސްޓްހައުސްއެއްވެސް ހިންގަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.