Thu, 8 December, 2022, 3:24 pm
މެލޭޝިއާގެ އާ ބޮޑުވަޒީރު އަންވަރު ---

މެލޭޝިއާގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

މެލޭޝިއާގެ އާ ބޮޑުވަޒީރު ކަމަށް އައްޔަންކުރެއްވި ދަތޯ ސެރީ އަންވަރު އިބްރާހިމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ ރަސްގެފާނު އަބްދުالله, އާ ބޮޑުވަޒީރުގެ މަގާމަށް, އަންވަރު އިއްޔެ އައްޔަންކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިހާބުގައި މިހާރު ވެރިކަން ކުރާ ކޯލިޝަނާއި އިދިކޮޅު ކޯލިޝަނުން ވާދަކޮށްގެންވެސް އެއްވެސް ކޯލިޝަނަކަށް ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުމުންނެވެ.

އަންވަރަށް ރައީސް ސޯލިހު ފޮނުއްވި މެސެޖުގައި ރާއްޖެއާއި މެލޭޝިއާއާ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވި އެވެ.

އަދި ބައިނަލްއަގުވާމީ މުހިންމު ކަންކަމުގައި އަންވަރާއި މެލޭޝިއާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އުމުރުން 75 އަހަރުގެ އަންވަރަކީ 1990ގެ ތެރޭގައި މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ ވެރިކަމުގައި ގިނަ ދުވަސްތަކަކަށް ޖަލަށްލި އެވެ. އަންވަރު ވިދާޅުވާ ގޮތުން, އޭނާގެ މައްޗަށް އިއްވީ ސިޔާސީ ހުކުމެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.