އިނގިރޭސި ވިލާތް (ޔޫކޭ)ގެ ޒުވާނަކު ރާއްޖޭގައި އިސްލާމްދީން ގަބޫލުކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ގްރޭޓް ބްރިޓަން އެންޑް ނޮދަން އަޔަލެންޑްއަށް އުފަން ރޮބާޓް ކަލެބް ސްޓްރޭންޖް ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ އެ މީހާ އިސްލާމް ދީން ގަބޫލުކޮށް، ޝަހާދަތުގެ ދެ ކަލިމަ ކިޔާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
އިސްލާމް ވުމަށްފަހު އޭނާގެ ނަން ވަނީ އުމަރުގެ ނަމަށް ބަދަލުކޮށްފަ އެވެ.
އޭނާ އިސްލާމް ދީން ގަބޫލުކުރިކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.
އިސްލާމްވި ޒުވާނާއަކީ ބޭންކް އޮފް މޯލްޑިވްސްގެ ޗެއާމަން ކަން ކުރިން ކުރެއްވި އަދި ދީނީ އިލްމުވެރިޔާ ޑރ. އަބްދުﷲ ޝިހާމް ހަސަންގެ އެކުވެރިއެކެވެ.