Tue, 19 March, 2024, 9:46 am

ކޮރެއަން ޑްރާމާ ބެލި ކަމަށް ބުނެ އުތުރު ކޮރެއާއިން ދެ ކުއްޖަކަށް މަރުގެ އަދަބު ދީފި

ދެކުނު ކޮރެއާގެ ކޭޕޮޕް ޑްރާމާ އާއި އެމެރިކާގެ ފިލްމުތައް ބެލިކަމުގެ ތުހުމަތުގައި އުތުރު ކޮރެއާގެ ހައި ސްކޫލެއްގައި ކިޔަވަމުންދިޔަ ފުރާވަރު ދެ ފިރިހެން ކުދިން މަރާލައިފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އުމުރަކީ 17 އަދި 16 އަހަރުގެ އެ ދެ ކުދިން މަރާލާފައިވަނީ އެ ކުދިން އުޅޭ ސިޓީގެ އެއާފީލްޑެއްގެ ތެރޭގައި އާއްމުންގެ ކުރިމަތީގަ އެވެ. މި ހާދިސާ ހިނގީ މިދިޔަ އޮކްޓޯބަރު މަހު ނަމަވެސް މި ހާދިސާއާ ބެހޭ މައުލޫމާތު އުތުރު ކޮރެއާގެ ސަރުކާރުން ހާމަކުރީ މިދިޔަ ހަފުތާގަ އެވެ.

އާންމުކޮށް ކޭ ޑްރާމާގެ ނަމުން މަޝްހޫރު ކޮރެއާގެ ޑްރާމާތައް ބެލުން ނުވަތަ ބެހުމަކީ އުތުރު ކޮރެއާގައި މަނާ ކަމެކެވެ. އުތުރު ކޮރެއާ ނޫން އެހެން ގަައުމެއްގެ ފިލްމުތަކާއި މިއުޒިކް އަޑުއެހުމަކީވެސް އެ ގައުމުގައި މަނާ ކަމެކެވެ.

އަދި 2020 ވަނަ އަހަރު އުތުރު ކޮރެއާގެ ސަރުކާރުން ވަނީ އެ ގައުމުގައި މަގުބޫލުވަމުން ދިޔަ ކޮރެއާގެ ޝޯތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން އެެހެން ގައުމުތަކުގެ ފިލްމުތަކާއި ޝޯތަކާއި މިއުޒިކާއި މީޑިއާވެސް މަނާކޮށްފަ އެވެ. ނަމަވެސް މަދުން ނަމަވެސް އެ ގައުމުގެ ރައްޔިތުން ދެކުނު ކޮރެއާގެ ޝޯތައް ފްލެޝް ޑްރައިވްތަކުގައި ވަގަށް އެތެރެކޮށްގެން ސިއްރުން ބަލައި އުޅެ އެވެ.

އުތުރުކޮރެއާއަކީ އެންމެ ހަރުކަށި ގާނޫނުތައް ގެންގުޅޭ އެއްގައުމެވެ. ބޭރު ގައުމުތަކުގެ ނުފޫޒު ގައުމަށް ފޯރުވިޔަ ނުދިނުމަށް އެ ގައުމުގެ މީޑިއާއާއި އިންޓަނެޓްވެސް ކޮންޓްރޯލް ކުރަނީ ސަރުކާރުންނެވެ. އިންޓަނޭޝަނަލް ފޯން ކޯލުތައް ކުރުމާއި ސަރުކާރުގެ ނިންމުންތަކާއި ދެކޮޅު ހެދުމާއި ގައުމު ދޫކޮށް ދިއުމަކީވެސް އުތުރު ކޮރެއާގައި ގާނޫނީ ކުށެކެވެ.

ސޯޝަލް މީޑިއާއާއި އައިފޯނާއި ލެޕްޓޮޕް ގެންގުޅުމާއި ހެއާ ސްޓައިލްކޮށް ހެދުންވެސް އެ ގައުމުގައި މަނަލެވެ. ބޯ ކޮށަންޖެހެނީވެސް ސަރުކާރުން ދީފައި އޮންނަ ހުއްދައަކާ އެއްގޮތަށެވެ.

ދާދި ފަހުން އުތުރު ކޮރެއާއިން ވަނީ އެ ގައުމުގެ ކުދިންނަށް ‘ބޮމް’، ‘ގަން’ އަދި ‘ސެޓެލައިޓް’ ފަދަ ނަންތައް ދޭން ޖެހޭނެ ކަމަށް އިއުލާނުކޮށްފަ އެވެ. އަދި މާ މަޑުމައިތިރި ނަންތަކެއް ކަމަށް އެ ގައުމުގެ ސަރުކާރުން ދެކޭ ނަންތަކަށް ދަނީ ފިޔަވަޅުވެސް އަޅަމުންނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.