• Tue, 27 October, 2020, 7:59 am

  ވަޒީފާއަކަށް ކުރިމަތިލާއިރު ވިސްނަންޖެހޭ އެންމެ މުހިއްމު ކަމަކީ...!

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ކޮންމެ މީހަކު ވެސް ވަޒީފާއަކަށް ކުރިމަތިލާއިރު ވިސްނަންޖެހޭ އެންމެ މުހިއްމު ކަމަކީ އެމީހަކާ ގުޅޭ ކަހަލަ ވަޒީފާއަކަށް ކުރިމަތިލެވޭތޯއެވެ. އެމީހަކު ވަޒީފާ އަދާކުރާއިރު އެ ވަޒީފާ އަދާކުރަން ޖެހޭ މާހައުލާއި އެ ވަޒީފާ އަދާކުރަން ޖެހޭ ސިފަތަކަކީ އެމީހަކު ޤަބޫލުކުރާ ސިފަތަކެއް ކަމުގައި ވާންޖެހޭނެއެވެ.

  މިގޮތުން ބަލައިލާ އިރު ރިސޯޓެއްގެ ރިސެޕްޝަންގައި ނުވަތަ ފްރަންޓް އޮފީހުގައި މަސައްކަތްކުރާ މީހެއްގެ ގައިގާ ހުންނަންޖެހޭ މައިގަނޑު ސިފަޔަކަށް ވާނީ އެމީހަކީ މީހުންނާ ބައްދަލުކުރާ ހިތްވާ މީހަކަށް ވުމާއި، އެމީހަކީ ހިނިތުން ވެފައި ހުންނަ މީހެއް ކަމަށް ވުމުގެ އިތުރުން އެ ރިސޯޓުގައި ބޭނުންކުރާ ޔުނީފޯމަކީ އެމީހަކު ހިތާއި ރޫހުން ބަލައިގަނެ އެއާއި އެއްގޮތައް ޔުނީފޯމް ލައިގެން އުޅޭނެ މީހެއްކަމުގައިވުމެވެ.

  ހަމަ މިގޮތައް ސިފައިންގެއާއި ފުލުސް އޮފީހުގައި ވަޒީފާ އަދާ ކުރާ މީހެއްކަމުގައި ވަނީ ނަމަ ވަކި ކަހަލަ ސިފަތަކާއި ވަކި ކަހަލަ ސުލޫކީ މިންގަޑެއް އެމީހަކަށް ހިފަހައްޓަން އެބަ ޖެހެއެވެ. އަދި، އެތަނުންދޭ ޔުނީފޯމާއި، އެތަނުގެ ޔުނީފޯމުގެ ޤައިޑްލައިނަށް ތަބާ ވެގެން އުޅެން ޖެހެއެވެ.

  ޔުނީފޯމްގެ ވާހަކަދައްކާއިރު މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންގެ ޔުނީފޯމް އެޅުމުގެ މައްސަލަތަކެއްވެސް މީގެ ދުވަސްކޮޅެއްކުރިން ފެންމަތިވެގެން ދިޔައެވެ. ނަމަވެސް، މި ޔުނީފޯމު އެޅުމުގެ މިންގަނޑުތަކަކީ ކުއްލިޔަކަށް އައިސްގެންއުޅޭ އެއްޗެއް ނޫނެވެ. އެއީ މާކުރިން ފެށިގެންވެސް އެކުލަވާލެވިފައިވާ ޤަވާއިދެކެވެ.

  މޯލްޑިވްސް އިމިގްރޭޝަންގެ ޔުނީފޯމް އެޅުމުގެ މިންގަޑަށް ނުވަތަ ކްރައިޓީރިއާއާއި އެއްގޮތައް ޤަވާއިދަށް ފެތިގެން އުޅެން އުނދަގޫވާ ބައެއް މުވައްޒަފުން އެތާ ތިބިކަމަށް މީޑިއާގެ ޚަބަރުތަކުންނާއި އިމިގްރޭޝަނުން ނެރުނު ނޫސް ބަޔާނުން އޭރު ވަނީ ހާމާވެފައެވެ. އެހެން ނަމަވެސް މި އުޞޫލަކީ އެހެން މުއައްސަސާތަކުގައި އޮންނަ ޔުނީފޯމް ޤާވާއިދުތަކާއި އެއްގޮތައް ހަދާފައިވާ އުޞޫލުތަކެއްކަން ފާހާގަކުރެވުމުން މުވައްޒަފުން އެމައްސަލަ މާބޮޑުކަމަކަށް ނުހަދައެވެ.

  އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ ހަޤީގަތަކީ އަޅުގަނޑުމެންނަކީ ޓޫރިޒަމަށް ބަރޯސާވެގެން ތިބޭ ބައެއްކަމެވެ. އިމިގްރޭޝަނުގެ އިތުރުން  މޯލްޑިވްސް ކަސްޓަމްސްއާއި، އެއާރޕޯޓް ސެކިޔުރީޓީ މުވައްޒަފުންގެ އިތުރުން ޕޯޓްސް ހެލްތުގެ މުވައްޒަފުންނާއި، އެއަރޕޯޓުގައި މަސައްކަތް  ކުރާ އެއާރލައިންތަކުގެ މުވައްޒަފުންނާއި ޑިޔުޓީފްރީ ފިހާރަތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ރާއްޖޭން ބޭރުން އަންނަ މީހުންނަށް އެންމެ ފުރަތަމަ ދިމާވާނެ އެއްބައެއްކަމެވެ. އެމީހުންނަށް އެންމެ ފުރަތަމަ ރާއްޖޭން ފެންނަ މޫނުމައްޗަކީ މިދެންނެވި މުވައްޒަފުންގެ މޫނުމައްޗަށްކަން ވުމެވެ. އެހެންކަމުން ކުރިން ދެންނެވިހެން މިދާއިރާތަކުގައި މަސައްކަތް ކުރާ ނުވަތަ މަސައްކަތް ކުރަން ޝައުގުވެރިކަން ހުނަން ފަރާތްތަކުންވެސް އެފަދަ ވަޒިފާތަކަށް ކުރުމަތިލާއިރު ތިމާ މިކުރމަތިލަނީ ތިމަންނަޔާއި އެންމެގުޅޭ ތިމަންނަޔަށް އެންމެކަމުދާ ވަޒީފާތޯވެސް ވިސްނާލުން ހަމަބުއްދިވެރިއެވެ. އޭރުން ވަޒީފާގައި ފޫހިކަމެއްނެތި ކުރިޔަށް ދިޔުމުގައި ފަސޭހަތަކެއް ހުންނާނެއެވެ.

  ހިޔާލު ފާޅުކުރައްވާ