• Mon, 19 October, 2020, 8:19 pm

  ހާސްވުމާއި، ނަފުސާނީ މައްސަލަތަކަށް ފަރުވާ ދިނުމުގައި މީހަމަ ގަބޫލުކުރެވޭ ކަމެއް

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ބައެއް ބާވަތްތަކުގެ ބަލިތަކުގެ އިތުރުން ހާސްވުމާއި، ނަފުސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް، ކުލައިގެ ބޭނުންކުރެވޭ ކަމީ، ތަފާތު ހޯދުންތަކުން، އެނގޭގޮތުގައި ހަމަ ޤަބޫލުކުރެވޭ، ޙަޤީޤަތެކެވެ. އަދި މިއީ މިފަހަކަށްއައިސް ފެށިގެން އުޅޭ ކަމެއްނޫނެވެ. މީގެއެތަށް ޒަމާނެއްގެކުރިންވެސް، ކުލަތައް ބޭނުންކޮށްގެން، ތަފާތު ކަންކަމަށް، ފަރުވާ ދެވެމުން އައިސްފައިވާކަން ހޯދުންތަކުން ހޯދިފައި އެބަހުއްޓެވެ.

  އިރުގެ އަލިން ތަފާތުކުލަތައް ފެންނައިރު މިއަލި ފަރުވާދިނުމަށްޓަކައި، ބޭނުންކޮށްފައިވެއެވެ. އޭގެ އެކިކުލަތައް، ހަށިގަނޑަށް އެޅުވުމަށްޓަކައި، ބިއްލޫރި އެއްޗެއްގެ ތެރެއިން، އެއަލިތައް ވަކިވެގެން އަންނަގޮތް ހެދުން ހިމެނެއެވެ. ހަމައެގޮތަށް، ބިއްލޫރި އެއްޗެއްގެތެރެއަށް ފެން އަޅާފައި، އޭގެތެރެއިން ވެސް، ކުލަތައް ވަކިކޮށްލުމަށްޓަކައި، އަލި ދުއްވާލެވެއެވެ.

  ކޮންމެ ކުލައަކަށްވެސް، ވަކި ޚާއްޞަ އަސަރެއް ވާކަމަށް ވާއިރު ރަތްކުލައަކީ ބާރާއި ހަކަތައިގެ ކުލައެވެ. ކެންސަރާއި، ދުޅަތަކަށް ފަރުވާކުރުމަށް މިކުލަ ބޭނުންކުރެވެއެވެ. ފިނިވެފައިވާ ތަންތަން ހޫނުކޮށްގެން، އެތަންތަނުން، ތަދު ލުއިކުރުމަށްވެސް، ރަތްކުލަ ބޭނުންކޮށް އުޅެއެވެ. ލެޔާއި، ލޭދައުރުކުރުމުގެ ނިޒާމުގެ ބަލިތަކަށް ފަރުވާކުރުމުގައި، ރަތްކުލައަކީ، ވަރަށް ފައިދާހުރި ކުލައެކެވެ.

  ލޭމައްޗަށް ދިއުން ހުންނަ މީސްމީހުންނަށް، ރަތްކުލަ ރަނގަޅެއް ނޫނެވެ. ރަތްކުލައިގެ ދޯދިތަކަށް ދިގުމުއްދަތަކަށް މީހާ ހުށަހެޅުމުން، ރުޅިގަދަވެ، ޢުދުވާނީ ސިފަތައް އޭނާގެ ގައިގައި އަށަގަންނަކަމަށް ބުނެވެއެވެ.

  އޮރެންޖު ކުލަ އަކީވެސް، ހަކަތައިގެ ކުލައެކެވެ. މިކުލައިން، އެކި އެކި ބަލިތަކާއި އިދިކޮޅަށް ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަ ކޮށްދެއެވެ. ހަމަ އެފަދައިން، ޖިންސީ ބާރު ނުވަތަ ޖިންސީ ހަކަތަ އިތުރުކޮށްދިނުމުގައިވެސް، އޮރެންޖު ކުލަ އެހީތެރިވެދެއެވެ. އޭގެ އިތުރުން، ހަޖަމުކުރުމުގައި ދިމާވާ މައްސަލަތަކަށާއި، މެޔާއި، ގުރުދާގެ ކަންތައްތަކަށް ފަރުވާކުރުމަށްވެސް، އޮރެންޖަކީ މުހިންމު ކުލައެކެވެ.

  ރީނދޫކުލަ ގުޅެނީ، ސިކުނޑީގެ ޙަރަކާތްތެރިކަން އިތުރުކުރުމާއިއެވެ. އެގޮތުން، އަވަހަށް ކަންތައްތައް ވިސްނައިގަތުމަށާއި، ފިކްރުކުރުމަށް ރީނދޫ ކުލައިގެ ޙިއްޞާ ވަރަށް ބޮޑެވެ.

  ހަމުގެ އިންފްލެމޭޝަންތަކާއި، ހަމުގެ ބައެއްކަހަލަ ބަލިތަކަށް ފަރުވާދިނުމުގައިވެސް މިކުލަ އެހީތެރިވެދެއެވެ. ނަމަވެސް، ރީނދޫކުލައިގެ އަސަރު މާބޮޑަށް ކުރާނަމަ، ވަރުބަލިވެ، ހާސްވެ ފިކްރުބޮޑުވާނެކަމަށް ބުނެވެއެވެ.

  ހުދު ކުލައަކީ ސާފު ކަމުގެ ކުލައެވެ. ހުދުކުލައިން ފަރުވާ ދިނުމުން، ހަށިގަނޑު ސާފުކޮށް ތާހިރުކޮށްދެއެވެ. ހުދުން، ހަށިގަނޑަށާއި ސިކުނޑިއަށް، ހަމަޖެހުމާއި ހިމޭންކަން ގެނެސްދެއެވެ. ހަމައެފަދައިން، ތަދުތައް ލުއިކޮށްދިނުމަށްވެސް، ހުދަކީ އެންމެ ރަނގަޅު ކުލަކަމަށް ފާހަގަކުރެވިފައިވެއެވެ.

  ހުރިހާ ކަމަކަށްވެސް، ފަރުވާކުރުމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ކުލައަކީ، ރަން ކުލައެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަނަކާއި، ސިކުނޑީގެ ބާރުވެސް، މިކުލައިން ގަދަކޮށްދެއެވެ. ނަމަވެސް، ބައެއް މީހުންނަށް، ރަން ކުލައިން އުފައްދާ އަސަރުތައް ތަޙައްމަލު ނުކުރެވުމަކީ އެކަށީގެންވާކަމެކެވެ.

  ހިޔާލު ފާޅުކުރައްވާ