• Tue, 27 October, 2020, 6:04 am

  މުސްލިމު ޒުވާނުންގެ ވާޖިބަކީ ކޮބާ..؟

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ޒުވާން ފިރިހެން ކުދިންނާ އަންހެން ކުދިންނަކީވެސް، މަތިވެރި އަޚްލާޤެއްގެ ވެރި މަސްއޫލިއްޔަތު އުފުލާ ބަޔަކަށް ވާންޖެހެއެވެ. ދަނޑުވެރިކަމާ، އުފެއްދުންތެރިކަމާ، އިންޖިނޭރިންގ، ޑޮކްޓަރީކަން، ފަންނު ފަދަ ދާއިރާތަކުގައި ޒުވާނުން ކުރިއަރައި މޮޅުވާން އެބަޖެހެއެވެ.

  ތަރައްޤީގެ އަގު ދައްކާ ޗެކަކީ އަމިއްލަވަންތަކަމާއި، ޘަޤާފަތް ކަތިލުން ކަމުގައި ހެދުން ހުއްޓާލަން ވެއްޖެއެވެ. ބަލި މީހުން އަބަދުވެސް ގަދަ މީހާއަށް ތަބާވާނޭ ބުނާ އުސޫލު މުގުރާލަންވެއްޖެއެވެ. ސައުވީސް ގަޑި އިރު މުނިފޫހި ފިލުވުމާއި، ދުވާލު މަސައްކަތް ކުރާ ގަޑީގައި، ނިދުމުގެ އާދަ ދޫކޮށް ފަތިހު ތެދުވާން ފަރިތަކުރަންވެއްޖެއެވެ. މި އުންމަތުގައި ބަރަކާތް ލެއްވިފައިވަނީ، ހެނދުނުގެ ވަގުތުގައި ކަމަށް ރަސޫލާ އަންގަވާފައިވެއެވެ.

  ޒުވާނުންބިނާކުރުމަށް ބެހޭގޮތުން ރަސޫލާ ދެއްވާފައިވާ ބައެއް އިރުޝާދުތަކަށް ބަލާއިރު ކިޔަމަންތެރިވެ އަޅުވެތިވުމަށް ރަސޫލާވަނީ އިރުޝާދު ދެއްވާފައިވެއެވެ. އަދި އެކަލާނގެ އެންގެވިކަންތައް ފަސް ޖެހުމަކާއި ނުލައި ކުރުމަށްފަހު، ނަހީ ކުރެއްވި ކަންތަކާ ކައިރި ނުވުމަށްވެސް ރަސޫލާވަނީ ނަސޭހަތްތެރިވެ އިރުޝާދު ދެއްވާފައެެވެ. އެ ގޮތުން ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ عَنْ ‏ ‏أَبِي هُرَيْرَةَ ‏ عَنْ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ الْإِمَامُ الْعَادِلُ وَشَابٌّ نَشَأَ فِي عِبَادَةِ رَبِّهِ وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ وَرَجُلٌ ‏ ‏طَلَبَتْهُ ‏ ‏امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ وَرَجُلٌ تَصَدَّقَ أَخْفَى حَتَّى لَا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ وَرَجُلٌ ذَكَرَ اللَّهَ خَالِيًا ‏ ‏فَفَاضَتْ ‏ ‏عَيْنَاهُ

  މާނައަކީ: ''ﷲގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު، ﷲގެ ހިޔާވަހިކަން ދެއްވާ ހަތް މީހެއްވެއެވެ.( އެއީ) ޢަދުލުވެރި ވެރިއާއާއި، ﷲ އަށް އަޅުކަން ކުރުމުގައި ބޮޑުވާ ޒުވާނާއާއި، މިސްކިތްތަކުގައި އޭނާގެ ހިތް އެލިފައިވާ މީހާއާއި (ފަރުޟު ނަމާދުތައް ޖަމާޢަތުގައި މިސްކިތުގައި ކުރުން)، ﷲ އަށްޓަކައި ދެމީހަކު ލޯބިވެ އެކުވެއުޅެ އަދި އެގޮތުގައި ދެމިތިބެ ވަކިވާ ދެމީހުންނާއި، ޙަސަބުވެރި ރީތި އަންހެނަކު ޙަރާމް ގުޅުމަކަށް ދައުވަތު ދިނުމުން، އަހަރެން ﷲ އަށް ބިރުވެތިވަމޭ ބުނާ މީހާއާއި، ކަނާއަތުން ދޭ ޞަދަޤާތް ވާއަތަށް ނޭގޭ ފަދައިން (ހޭދަ ކުރީ ކިހާވަރެއްކަން މީހުންނަށް ނޭނގުން) ޞަދަޤާތް ކުރާ މީހާއާއި، އަދި އެކަހެރިވެހުރެ ﷲ ހަނދުމަ ކުރުމުން އޭނާގެ ދެ ލޮލޮން ކަރުނަ އޮހޮރޭ މީހާއެވެ.''

  ވަޒީފާ އަދާނުކޮށް، ގޭ މީހުން ދިނީމާ ކައިގެން މުޖްތަމަޢަށް ހުރި ބުރައެއްގެ ބަދަލުގައި، ޒުވާނުން ވާންޖެހޭނީ މުޖްތަމަޢު ބިނާ ކުރުމުގައި ބޮޑު ހިއްސާއެއްވާ ބަޔަކަށެވެ. އަމިއްލަ އަތްދަނޑިން މަސައްކަތް ކޮށްގެން ކާ ބަޔަކަށެވެ. މަގުމަތީގައި ކުރާނެ ކަމެއް ނެތިފައި މީހުންނާ ބެހެން ތިބުމުގެ ބަދަލުގައި ޒުވާނުން މަޝްޣޫލްވާން ޖެހޭނީ، އަޅުކަން ކުރުމާ ، މަސައްކަތާ، އިޖްތިމާޢީ ޚިދުމަތުގައެވެ.

  ޒުވާނުން ވާންޖެހޭނީ، އަމިއްލަ ޙައްޤު ހޯދަން އަޑުގަދަ ކުރުމުގެ ކުރިން، އެހެން މީހުންގެ ޙައްޤުތައް އަދާ ކުރާ ބަޔަކަށެވެ. އޭރުން އެންމެންނަށްވެސް އެބައެއްގެ ޙައްޤު އޮންނާނީ ލިބިފައެވެ.

  ޒުވާނުން ވާންޖެހޭނީ، މަތިވެރި އަޚްލާޤެއްގެ މަތީގައި ތިބި، ދީނާއި މެދު ފަޚްރުވެރިވާ، އެ ދީން ރަނގަޅު ގޮތުގައި އެނގިފައި ތިބި ބަޔަކަށެވެ. މަންމަ ވިހެއި ވަގުތު ކަންފަތް ދޮށުގައި ބަންގި ގޮވީތީ މުސްލިމަކަށް ވުމުގެ ބަދަލުގައި، އެ ދީން އަމިއްލައަށް ދަސްކޮށް އީމާންކަން ގަދަކުރުން އެއީ މުހިއްމު ކަމެކެވެ. ދީނުގައި ފަރުވާ ކުޑަ ކުރުމަކީ އެއްގޮތަކަށްވެސް، މުސްލިމް ޒުވާނުން ކޮށްގެންވާނެ ގޮތެއް ނޫނެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.