• Tue, 11 August, 2020, 11:35 pm

    އެސްއޯއެފް އިން މަނީ ލޯންޑްރިން ހިންގިކަން އާތިފަށް އެނގޭ: އޭސީސީ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިން ހިންގަމުން ދިޔަކަން އޭރުގެ އިސްވެރިޔާ އިބްރާހިމް އާތިފް ޝަކޫރަށް ފާހަގަވި ނަމަވެސް އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވާތީ، އާތިފަށް ކޮރަޕްޝަންގެ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

    އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާއްމުކުރި ތަހުގީގު ރިޕޯޓުގައި ބުނީ، އާތިފްގެ މައްޗަށް ދައުވާ ކުރަނީ އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިން، ހިންގަމުން ދިޔަކަން އޭނާއަށް ފާހަގަވެގައިވާ އިރުވެސް އެކަމަށް ފިޔަވަޅު ނޭޅި މައްސަލައިގަ އެވެ.

    އެ ރިޕޯޓުގައި ބުނީ، 2014 ވަނަ އަހަރުން ފެށިގެން އެސްއޯއެފުން ހުޅުވި އެކަންޓުތަކަށް އެމްއެންފީއާރުސީގެ ފައިސާ ލިބިފައިވާކަން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިޔާ އަށް އެނގޭ ކަމަށެވެ. އަދި އެއީ މަނީ ލޯންޑަރިންގެ މުއާމަލާތްތަކެއް ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެފްއައިޔޫގެ ވެރިޔާ އަށް އެނގޭ ކަން ތަހުގީގުން ފެންނަން އޮތް ކަމަށް އޭސީސީން ބުނެއެވެ.

    އެ މައްސަލައިގަ އޭސީސީއަށް ފާހަގަ ކުރެވުނު ކަންތައްތައް:

    - ކުށްކޮށްގެން ހޯދާފައިވާ އެއްޗަކާ ގުޅުންހުރި ކަމަށް ޝައްކުކުރެވޭނަމަ، އެކަމުގެ މަޢުލޫމާތު ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ނުވަތަ ތަޙްޤީޤުކުރާ އިދާރާއަށް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފޮނުވަންވާނެ.

    - ޚިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ޕްރައިވެޓް ކުންފުންޏާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ ފަރާތުން އެފް.އައި.ޔޫއަށް 27 ނޮވެމްބަރ 2014ގައި ފޮނުވާފައިވާ އެސްޓީއާރު އެނަލައިޒް ކުރުމަށްފަހު، އެފް.އައި.ޔޫ އިން 31 ޑިސެމްބަރ 2014ގައި ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓްގައި މަނީ ލޯންޑަރިންގ އަށް ތުހުމަތު.

    - ތުހުމަތު ކުރެވޭ ކުންފުނިން ޖުމްލަ 47.5 މިލިއަން ރުފިޔާ ޖަމާކޮށް، އެ ކުންފުނީގެ ބޭންކް އެކައުންޓްތަކުން ނަގުދު ފައިސާއިން ނަގާފައިވުން.

    މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ނިންމާ ނިންމުންތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން އެ ޔުނިޓަށް ދީފައިވާތީއާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އެސް.އޯޕީގައި އެ ޔުނިޓުން ހަދާ އެނަލިސިސް ރިޕޯޓްތަކާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ބާރު ދީފައިވާ ހަމަ އެކަނި ފަރާތަކީ ހެޑް އޮފް އެފް.އައި.ޔޫ ކަމަށް ވާތީ އެ ޔުނިޓުން ނިންމާ ނިންމުންތަކަށް ފުރިހަމައަށް ޒިންމާވާން ޖެހޭނީ އެ ޔުނިޓުގެ ވެރިޔާކަންވެސް އޭސީސީގެ ރިޕޯޓުގައި ފާހަގަކުރެ އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.