• Mon, 10 August, 2020, 11:49 pm
  ގާޑެން ވިއު ރެސިޑެންސީގެ އިމާރާތުގެ ބޭރު: ގޭގެ ގޯތި ތެރޭގައި ޕާކިން ޖާގަ އާއި ކުޅެ ހަދަން ޖާގަ އޮވޭ ---

  ގާޑެން ވިއު ރެސިޑެންސީ، ކޮޗިނަށްދާ ގިނަ ދިވެހިން ގަޔާވާ ރީތި، ހިތްގައިމު ތަނެއް!

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  އިންޑިއާގެ ކޮޗިންއަކީ މިއަދު ދިވެހިންގެ އަވަށެއް ފަދަ އެވެ. ބޭސްފަރުވާ އަށާއި ވިޔަފާރިކޮށްލަން ވެސް ގިނަ ދިވެހިން ގޮސް އުޅޭ ތަނެކެވެ. ދިއުމުގެ ހަރަދު ކުޑަވެފައި ބޭހުގެ ކަންކަން މޮޅުވެފައި ފަސޭހަވުމުންނެވެ. ވިޔަފާރި ކޮށްލަން ވެސް ބޮޑެތި މޯލްތަކާއި ފިހާރަތައް ހުރެފައި އަގުހެޔޮ މުދާ ލިބެން ހުރުމުންނެވެ.

  ކޮޗިން އިން ފަހި އެތައް ކަމެއް ހުރި ނަމަވެސް ހުންނާނެ ރަނގަޅު ހޮޓަލެއް ނުވަތަ އެޕާޓްމަންޓުތައް ވަރަށް މަދެވެ. ބޭސްފަރުވާއަށް ނަމަވެސް ބުރަބޮޑު ދިރިއުޅުމުން ދުރުވެ އެހެން މާހައުލަކަށްދާއިރު ހުންނާނެ ރަނގަޅު ތަނެއް ލިބުމަކީ ލިބޭނެ ހިތްހަމަޖެހުމެކެވެ. ހޮސްޕިޓަލާ ކައިރިވެފައި ރީތި އަދި ހަރަދުކުޑަ އެޕާޓްމަންޓެއް ނުވަތަ ގެސްޓް ހައުސްއެއް ލިބުމަކީ ގިނަ ދިވެހިން ބަލާ ކަންކަމެވެ.

  ގާޑެން ވިއު ރެސިޑެންސީގެ އެ]ޕާޓްމަންޓެއްގެ ސިޓިން ރޫމެއް ---

   

  އެފަދަ އެއްތަނަކީ ގާޑެން ވިއު ރެސިޑެންސީއެވެ. މަޑުމައިރިތި ސަރަހައްދެއްގައި ހުންނަ ތިން ބުރީގެ މި އެޕާޓްމަންޓް އިމާރާތަކީ ބޭސްފަރުވާއަކަށް ނުވަތަ ވިޔަފާރި ދަތުރުތަކު ވިޔަސް އަދި ހާއްސަކޮށް އާއިލާއެކު ކޮޗިންއަށްދާ ދިވެހިންނަށް ހެޔޮވަރު ތަނެކެވެ.

  މި އިމާރާތުގެ ކޮންމެ ބުރިއެއްގައި ބެލްކަންޔަކާއެކު ދެ ކޮޓަރީގެ ދެ އެޕާޓްމަންޓު ހުރެއެވެ. ކޮޓަރިތައް ބޮޑުވެފައި ކޮންމެ ކޮޓަރިއެއްގައި އޭސީއަކާއި ބޮޑު ފާހާނާއެއް ހުރެއެވެ. ފާހާނާގެ ޝަވަރުން ފިނިފެނާއި ހޫނުފެން ލިބެއެވެ. އަރާމު ސޯފާ ސެޓަކާއި ހެޔޮވަރުގެ ކާ މޭޒަކާއެކު ސިޓިންރޫމް ވެސް ބޮޑެވެ.

  ބަދިގޭގެ ބޮޑުމިން ވެސް ހެޔޮވަރުގެ ކޮޓަރިއެއްވަރުވެއެވެ. އެތަނުގައި ފުރިޖަކާއެކު ކައްކާ ކެއުމަށް ބޭނުންވާ ހުރިހާ ސާމާނެއް ހުރެއެވެ. އޭގެ އިތުރުން އެއްޗެހި ދޮވެލަން ބޭނުންވެއްޖެނަމަ ދޮންނަ މެޝިނެއް ކޮންމެ އެޕާޓްމަންޓެއްގައި ހުރެއެވެ. ނުވިތާކަށް ކޮންމެ ބުރިއަކަށް ވަކިން ހަލުވި ވައިފައި ލާފައި ހުރުމުން ލިބޭ އުފާވެރިކަން އަދި ވަކިން ބޮޑެވެ.

  ގާޑެން ވިއު ރެސިޑެންސީގެ އެޕާޓްމަންޓެއްގެ ކޮޓަރިއެއް ---

   

  އަމްރިތާ ހޮސްޕިޓަލާއި މޯލްތަކާ ކައިރި

  ދެން އުފެދޭ ސުވާލަކީ ހޮސްޕިޓަލާ އެޕާޓްމަންޓާ ހުންނަނީ ކިހާ ދުރުމިނެއް ހެއްޔެވެ. އެޕާޓްމަންޓުން ނުކުމެގެން ހިނގާލާފައި ދިވެހިން އާންމުކޮށް ޑޮކްޓަރަށް ދައްކަން ގޮސް އުޅޭ އަމްރިތާ ހޮސްޕިޓަލަށް ދަންޔާ ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓުން މަންޒިލަށް ފޯރާނެއެވެ. ހޮސްޕިޓަލް ކައިރީގައި އޮންނަ ރޭލުދަގަނޑު ހުރަސްކޮށްލުމުން އެއޮތީ އަމްރިތާއަށް ވަދެވިފައެވެ.

  ކާރެއްގައި ދަންޔާ ގާތްގަނޑަކަށް 12 ވަރަކަށް މިނެޓެވެ. ޓްރެފިކަށް ބަލާފައި ވަގުތު އިތުރުވުމާއި ކުރުވުން އެކަށީގެންވެއެވެ. އޫބާ ނުވަތަ އޯލާ އެޕް މެދުވެރިކޮށް ކާރެއް ހޯދައިގެން ދަންޔާމުން ވެސް، ގިނަ ޑްރައިވަރުންނަށް މިތަން އެނގޭނެއެވެ. ނަމަވެސް އެޕާޓްމަންޓް އިންނަ ސަރަހައްދުގެ ގޮތުން ކުރޮޅިއެއް އަތުޖެހުމަކީ ފަހަރުގައި އުދަނގޫ ކަމަކަށް ވެދާނެއެވެ.

  އަމްރިތާ ހޮސްޕިޓަލްގެ އިތުރުން ކޮޗިންއަށް ގޮސް ވިޔަފާރި ކުރުމަށް ގިނަ ދިވެހިން ގޮސް އުޅޭ ލޫލޫ މޯލްއަށް އެޕާޓްމަންޓުން ކާރެއް ނުވަތަ ކުރޮޅިއެއްގައި ގާތްގަނޑަކަށް އަށްވަރަކަށް މިނެޓުން ދެވޭނެއެވެ. ނޫނީ އެއަށްވުރެ ވެސް އަވަހެވެ.

  ގާޑެން ވިއު ރެސިޑެންސީގެ އެޕާޓްމަންޓުގައި ހުންނަ ބަދިގެ --

   

  ސީސީޓީވީ ކެމެރާ ހަރުކޮޮށްފައި ހުރޭ، އެކުވެރި ސްޓާފުންތަކެއް

  ރައްކާތެރިކަމުގެ ގޮތުން މި އެޕާޓްމަންޓުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްފައި ހުރެއެވެ. ނުވިތާކަށް އަބަދުވެސް ތަން ބެލެހެއްޓުމަށާއި އެޕާޓްމަންޓަށް އަންނަ މެހެމާނުންނަށް ބޭނުންވާ ކަންކަމުގައި އަތްގާންކޮށްދީ އެހީތެރިވާން އަބަދުވެސް ދެ ސްޓާފުން ތިބެއެވެ. އެމީހުން ތިބެނީ ކަމަކު ނުކިޔައިގެންނެވެ. އެހީތެރިކަމުގައި ނަމޫނާ ބައެކެވެ.

  ޑޮލަރު މާރުކޮށްލަން ވިޔަސް، ބަނޑުހައި ވެގެން އެއްޗެއް ތަނަކުން ގެންނަން ވިޔަސް އެކަމެއް ހިނިތުންވުމާއެކު ކޮށްދެއެވެ. ކިތަންމެ ދަންވަރު ގުޅާލިޔަސް އެމީހުން ތިބެނީ ހިދުމަތުގައެވެ. އެއީ މިތަނަށްދާ ގިނަ ދިވެހިން ވެސް ފާހަގަކުރާ ކަމެކެވެ. ބޭރު ގައުމެއްގައި އުޅޭއިރު ހުންނަ ތަނަކުން މިފަދަ އެހީތެރިކަމެއް ލިބިގެންދިއުމަކީ ލިބޭނެ ވަރަށް ބޮޑު ފަސޭހަކަށް ނޫނީ ނުވާނެއެވެ.

  މި ކިޔައި ދެވުނީ އެތަނުގައި ހުރި ބައެއް ސިފަތަކެވެ. އަމިއްލައަށް ތަޖުރިބާ ކޮށްލުމުން ކަމުދާ އެތައް ކަމެއް ނުފެނި ނުދާނެ އެވެ. އެހެންކަމުން ކޮވިޑުގެ މި ހާސްކަމުގެ ތެރޭގައި ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަންދާނަމަ ގާޑެން ވިއު ރެސިޑެންސީ ހިޔާރުކުރާށެވެ. ހާލަތުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅައިގެން ދިވެހިންނަށް މަރުހަބާ ކިޔަން އެމީހުން ތިބީ ތައްޔާރަށެވެ.

  ގާޑެން ވިއު ރެސިޑެންސީގެ އެޕާޓްމަންޓެއްގެ ފާހާނައެއް: އެހެން ހޮޓާތަކަށްވުރެ މިތަނުގެ ފާހާނަތައް ބޮޑުވެފައި ސާފުތާހިރު ---

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.