• Sun, 12 July, 2020, 6:11 pm
    އަބްދުﷲ ޝާހިދު --- ފޮޓޯ: ސަން

    ކޮވިޑް 19: ޝާހިދުގެ މަސައްކަތަށް ހުއްޓުމެއް ނެތް

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮވިޑުގެ ކަންކަމުގައި އެންމެ ހަރުދަނާ އަދި މުސްތަގުބަލުގައި ގައުމަށް ދެމެހެއްޓެވިނި ގޮތެއްގައި ފައިދާވާނެ މަސައްކަތްތަކެއް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ އެއް މިނިސްޓަރަކީ ހާރިޒީ ވަޒީރު އަބްދުﷲ ޝާހިދުކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސޯޝަލް މީޑިޔާ މެދުވެރިކޮށް މީހުން ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު، މިނިސްޓަރު ޝާހިދު ކުރައްވާ މަސައްކަތް ގިނަ ބަޔަކު ބަލައިގަންނަކަން ފާހަގަކުރެވެއެވެ.

    ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން، ގައުމުތަކުން އެހީ ހޯދުމުގައާއި އެފަދަ އެހީތައް މެދުނުކެނޑި މުސްތަގުބަލަށް ދެމިގެންދާ ގޮތަށް ގުޅުންތައް ބަދަހިކުރައްވަން ކުރައްވާފައިވާ މަސައްކަތްތަކަކީ ދިވެހިންނަށް މުސްތަގުބަލުގައި ހަމަ އިސްކޮޅަށް ތެދުވުމަށް ލިބޭނެ އެންމެ ފަހި ފުރުސަތަށް ވެގެންދާނެއެވެ؛

    “ދެން ހުރީ ހަރަދުގެ ކަންކަން ބޮޑަށް. ފޮރިން މިނިސްޓްރީން ހަގީގަތުގައި ކުރަމުން އެގެންދަނީ މުސްތަގުބަލަށްޓަކައި ގައުމަށް އެންމެ މުހިއްމު މަސައްކަތް. ހަރަދުކުރަން ފަސޭހަވާނެ. އެކަމު ހަރަދުކުރާނެ އެއްޗެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް. އެންމެ އުނދަގޫ މަސައްކަތް އެކުރަނީ ފޮރިންއިން.”

    ގައުމީ ޔުނިވަރސިޓީގެ ދަރިވަރަކު ވެސް ބުނީ ކޮވިޑުގެ ހާސްކަމުގެ ތެރޭގައި އެންމެ އޮގަނައިޒްކޮށް ހަރަކާތް ތެރިވެފައިވަނީ އަދި ވަމުން ގެންދަނީ ވެސް ފޮރިން ދާއިރާއިން ކަމަށެވެ.

    “ތަޖުރިބާގެ ފައިދާ އެ ފެންނަނީ. ފޮރިން މިނިސްޓަރު ޝާހިދަކީ ސަރުކާރު ހިންގުމުގެ ވަރަށް މުހިއްމު ތަޖުރިބާތަކެއް ހޯއްދަވާފައިވާ މެޗުއާޑް މިނިސްޓަރެއް. އެހެންވެ އެ ދާއިރާ ފެނިގެންދަނީ ރޭވުންތެރި، ހިކުމަތްތެރި ކަމާއެކު ހަރަކާތްތެރިވާތަން. އެހެން ވަޒީރުންނަށް މިއީ ނަމޫނާއަކަށް ބަލަން ޖެހޭނެ ކަމެއްގެ ގޮތުގައި އަހަރެން ސިފަކުރަނީ،” ދަރިވަރު ބުންޏެވެ.

    ރާއްޖޭން ބޭރުގައި ތިބި ޑޮކްޓަރުންނާއި މެޑިކަލް ސްޓޫޑަންޓުން ގެނައި އިރު ރާއްޖެ ގެނައި މެޑިކަލް ޑޮކްޓަރަކު ވެސް ވަނީ ފޮރިން މިނިސްޓްރީގެ ޓީމަށް ތައުރީފު ކުރައްވައިފައެވެ.

    “އަމަލާއި ބަހުގައި ވެސް ޕްރޮފެޝަނަލް، މާނަހުރި މަސައްކަތްތަކެއް ފެނުނީ ފޮރިން މިނިސްޓްރީގެ ޓީމުގެ ކިބައިން. ޓީމްވޯކް ވަރުގަދަ. ކޮމިޓްމެންޓް ރަނގަޅު. ހެޔޮ ނަތީޖާ ނެރެދީފައި އެބަހުރި. ދަތި އުނދަގުލުގައި އަހަރެމެން ރާއްޖެ ގެނެސްދީފައި މިތިބަ ތިބުން އެއީ އެކަމުގެ ހެއްކެއް” ޑޮކްޓަރު ވިދާޅުވިއެވެ.

    ކޮވިޑު ޓާސްކްފޯހުގައި ހިމެނޭ ސީނިއާ ބޭފުޅަކު ވިދާޅުވި ގޮތުގައި ހާރިޒީ ވަޒީރު ވިދާޅުވާ ކަންކަން ރަނުން ރަނަށް، އަކުރުން އަކުރަށް، އަދަދުން އަދަދަށް ހަމަވަމުން ނިމެމުންދާ ކަމަށެވެ. އަދި އެއްވެސް ކަމަކަށް ނޫނެކޭ ވިދާޅުވެފައި ނުވާ ކަމަށާއި މުޅި ޓާސްކު ފޯހަށް ވެސް އެމަނިކުފާނުގެ ކިބައިން ހިތްވަރު ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

    “އަސްލު މީޑިއާއާ ހަމައަށް އައިސްފައިވާ ކަންތައްތަކަށްވުރެ މާގިނަ، އަގުހުރި މަސައްކަތްތަކެއް ފޮރިން މިނިސްޓްރީން ވަނީ ކުރައްވާފައި. އެތަން އަޅުގަނޑަށް ފެނިފަ އެބަހުރި. ކޮވިޑަށް ފަހު ދެން އަންނަ ދުވަސްތަކުގައި އާންމުންނަށް ވަރަށް ސާފުކޮށް އަޅުގަނޑު މިދެންނެވި އެއްޗެއް އެނގިގެން، ފެނިގެންދާނެ،” ޓާސްކުފޯހުގައި ހިމެނޭ ބޭފުޅަކު ވިދާޅުވިއެވެ.

    ހިޔާލު ފާޅުކުރައްވާ

    One Response

    1. މީ ބޭކާރު ބޭފުޅެއް. އަމިއްލަ މަސްލަހަރު ކުރިއަށް ނަންގވައިގެން އުޅުއްވާ ބޭދުޅެއް. ބޭރުކުރަންޖެހޭ މީހެއް ތީ!

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.