• Thu, 1 October, 2020, 9:07 pm
  އައިޖީއެމް ހޮސްޕިޓަލް --- ފޮޓޯ: ޕީއެސްއެމް

  އައިޖީއެމްއެޗްގެ 16 ޑިޕާޓްމަންޓަކުން އޮންލައިން ކުލިނިކްތަކެއްގެ ހިދުމަތް ދޭން ފަށަނީ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ލުއިތަކެއް ގެނެސްފައިވުމާއެކު ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން އޮންލައިން ކުލިނިކްތަކެއްގެ ހިދުމަތް ދޭން ނިންމައިފިއެވެ.

  އައިޖީއެމްއެޗުން ބުނީ، ކޮވިޑާ ގުޅިގެން އެ ހޮސްޕިޓަލުން ދުރާލާ އެޕޮއިންޓްމަންޓް ހަމަޖެހިގެން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ވަގުތީ ގޮތުން މެދުކަނޑާލުމުން އެކަމުގެ ސަބަބުން ޑޮކްޓަރަށް ދައްކަން ބޭނުންވާ ވަރަށް ގިނަ ބަލިމީހުންނަށް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.

  އެގޮތުން އެކަމަށް ހައްލެއް ހޯދާ ވީހާވެސް ލުއިފަސޭހަ ކަމާއެކު ބަލިމީހުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުގެ 16 ޑިޕާޓްމަންޓްތަކުން އޮންލައިން ކުލިނިކްތަކެއް ގާއިމްކޮށް، އަންނަ އާދީއްތަ ދުވަހުން ފެށިގެން ހިދުމަތް ދޭން ފަށާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

  - އަންހެނުންގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް: (ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް)
  މައިމީހާ އާއި ކުޑަދަރިފުޅުގެ ކްލިނިކް އަދި އާއިލާ ރޭވުމުގެ ކްލިނިކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 3313146 އަށް ގުޅޭނެ. އަންހެނުންގެ ހާއްސަ ބަލިތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 3335333 އަށް ގުޅޭނެ

  - ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް)
  އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7942403 އަށް

  - އެތެރެހާށީގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
  އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7291880 އަށް

  - ޑައިޓެޓިކްސް އެންޑް ނިއުޓްރިޝަން: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
  އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7262879 އަށް

  - ނާރުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
  އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7260632 އަށް

  - ހިތުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް: (ކޮންމެ އާދީތައް އަދި ބުރާސްފަތި ދުވަހަކު 9:00 އިން 13:00 އަށް)
  އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7259085 އަށް

  - ކުޑަކުދިންގެ ހިތުގެ ބަލިތަކަށް ހާއްސަ: (ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހަކު 9:00 އިން 13:00 އަށް)
  އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7259085 އަށް

  - އޮޕަރޭޝަން ޑިޕާޓްމަންތް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 10:30 އިން 14:00 އަށް)
  އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7240683 އަށް

  - ކެންސަރު ބަލީގެ ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
  އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7259086 އަށް

  - ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
  އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7259056 އަށް

  - ލޮލުގެ ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 10:00 އިން 12:00 އަށް)
  އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7288815 އަށް

  - ކަށީގެ ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް)
  އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7430807 އަށް

  - ދަތުގެ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
  އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7226683 އަށް

  - ހަމުގެ ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް)
  އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7317862 އަށް

  - ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
  އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7353070 އަށް

  - ކިޑްނީ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
  އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7269307 އަށް

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.