• Sun, 12 July, 2020, 6:39 pm

  ދިވެހި އަތަ: ރާއްޖެ ބަލީގެ އުދަނގޫތައް ކުޑަކޮށްދީ ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ދިވެހި އަތައަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މޭވާއެއްގެ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން ފަނިގިރައިގެންނާއި ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ބޭނުން ކުރާ އަތައަކީ އޭގެ މީރުކަމާ އެއްވަރަށް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކެއް ލިއްބައިދޭ މޭވާއެކެވެ.

  އެގޮތުން ދިވެހި އަތައިގައި ވިޓަމިން ސީ އަދި ވިޓަމިން އޭ ގިނަ އަދަދަކަށް ހިމެނޭއިރު މިއީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަށް ރައްކާތެރިކޮށްދޭ މާއްދާތަކެވެ. އަދި ވިޓަމިން އޭގެ ސަބަބުން ލޮލުގެ ދުޅަހެޔޮކަމަށާއި ލޮލުގެ ފެނުން ރަނގަޅުކޮށްދިނުމުގައި އެހީތެރިވެދޭއިރު އަތައިގައި ހުންނަ ވިޓަމިން އޭ، ވިޓަމިން ސީ އަދި ވިޓަމިން ބީގެ ސަބަބުން ހަމާއި އިސްތަށީގެ މަސައްކަތްތައް ފުރިހަމަކުރުމަށް އެހީތެރިވެދެއެވެ.

  އަތައިގެ ކޮންމެ 100 ގުރާމެއްގައި ތިން ގުރާމް ފައިބަރު ހުންނައިރު ފައިބަރަކީ ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. އަދި ކޮންމެ 100 ގުރާމެއްގައި 17 މިލިގުރާމްގެ މެގްނީޒިއަމް ހުންނައިރު އެ މާއްދާގެ ސަބަބުން ގުޅަކައި ކުރުގެޅިފައިވާ މަސްތައް ހަމައަކަށް އަޅުވައި، ރާއްޖެބަލި ޖެހިފައިވާ ހުޅުތަކުން އެސިޑް ބޭރުކޮށް އެބަލީގެ އުދަނގޫތައް ވެސް ކުޑަކޮށްދެއެވެ.

  އޭގެ އިތުރުން އަތައިގައި މެގްނީޒިއަމް ހުރުމަކީ ހިތުގެ ދުޅަހެޔޮކަމަށް ލިބޭ ފައިދާއެކެވެ. އަދި އެމިނޯއެސިޑް ހީމޯސިސްޓެއިންގެ މިންވަރު ލޭގައި ދަށްކުރާ މާއްދާއެއް ކަމަށްވާ ވިޓަމިންބީ6 ނުވަތަ ޕައިރިޑޮކްސިން ވެސް ދިވެހި އަތައިގައި ހުރެއެވެ.

  އެމިނޯއެސިޑްގެ މިންވަރު ލޭގައި މަތިވުމަކީ ހިތުގެ ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު އިތުރުކުރާ ކަމެކެވެ.

  އާދަޔާ ހިލާފަށް ވަރުބަކަމާއި ވާޅުކަން އިހުސާސްވާ މީހުންނަށް ދިވެހި އަތައަކީ ބޭނުން ކުރެވިދާނެ ރަނގަޅު މޭވާއެކެވެ. އެއީ ދިވެހި އަތައިގައި ހިމެނޭ ޕޮޓޭޝިއަމްގެ ސަބަބުން ވަރުބަލިވެފައިވާ މަސްތަކަށް ބާރުގެނަސްދޭތީއެވެ. އަދި ކާނާ ހަޖަމްނުވުމުން ރަނގަޅުކުރުމުގައި މުހިއްމު ދައުރެއް ދިވެހި އަތަ އަދާކުރެއެވެ. އެގޮތުން އޭގައި ހިމެނޭ ފައިބަރުގެ ސަބަބުން ހަޖަމްވުން ރަނގަޅުވެ މާއިދާގެ މަސައްކަތްތަކަށް ދިރުން ގެނަސްދެއެވެ.

  ހަށިގަނޑުގެ ދަގަނޑުގެ މިންވަރު މަތިކޮށް ލޭ މަދުވުމުން ރައްކާތެރި ކޮށްދިނުމުގެ އިތުރުން ކަރުތެރެއާއި ފުއްޕާމޭގައި ހިފާފައިހުންނަ ދަވަ ސާފް ކުރުމަށް ވެސް އަތަމީ ވަރަށް ރަނގަޅު މޭވާއެކެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.