• Sun, 12 July, 2020, 5:19 pm

  ކަށިތައް ވަރުގަދަކޮށްދީ، ލޭ މައްޗަށް ދިއުންފަދަ މައްސަލަތަކަށް ފޭރުގެ ފައިދާ ބޮޑު

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ފޭރަކީ ސިއްހީ ގޮތުން ހަށިގަނޑަށް ފައިދާ ހުރި އެތައް މާއްދާތަކެއް އެކުލެވިގެންވާ ރާއްޖެއިން ވެސް ފަސޭހައިން ލިބެންހުންނަ މޭވާ އެކެވެ.

  ސިއްހީ ބޭފުޅުން ވިދާޅުވާ ގޮތުގައި 165 ގުރާމް ހުންނަ ފޭރެއްގައި 50 މިލިގްރާމު ކެލްސިއަމް ހިމެނެއެވެ. ހަށިގަނޑުގެ ކަށިތައް ވަރުގަދަ ކޮށްދިނުމާއި ހިތުގެ ހިނގުމާއި ވިންދުޖެހުން އޭގެ ހެޔޮ މިނުގައި ބަހައްޓައިދިނުމުގައި ކެލްސިއަމް މުހިންމު ދައުރެއް އަދާކުރެއެވެ. ހަށިގަނޑުގެ ހޯމޯންތައް އެކަށޭ ވަޒަނުގައި ދެމެހެއްޓުމާއި ނާރުތަކުގެ ލޭހިނގުން ފަހި ކުރުމާއި މަސްތަކުގެ ބާރު ހެޔޮކުރުމަކީ ވެސް ކެލްސިއަމްގެ އެހީތެރިކަމާ ގުޅިފައިވާ ކަންކަމެވެ.

  ހާއްސަކޮށް އަންހެނާ އުމުރުން ދުވަސްވެ ދަރިމައިނުވާ އުމުރަށް ދިއުމުން ކަށިތައް ބަލިކަށިވެ ހީނަރުވެއެވެ. ބައެއް ފަހަރަށް ވަރަށް ފަސޭހައިން ބިންދައިގެން ދެއެވެ. މިފަދަ ކަންކަން މެދުވެރިވިޔަ ނުދިނުމުގައި ކެލްސިއަމްގެ ބޭނުންތެރިކަން ވަރަށްބޮޑެވެ. މި ސަބަބަށްޓަކައި ދިރިއުޅުމުގެ ރަނގަޅު އާދަކާދަތަކަށް ތަރުހީބު ދިނުމާއެކު، ފޭރުން ލިބިދޭ ކެލްސިއަމްގެ ސިއްހީ ފައިދާއާމެދު ސަމާލުވުން މުހިންމެވެ.

  ފޭރުގައި ހިމެނޭ މުހިންމު އަނެއް ބާވަތަކީ ކާބޯހައިޑްރޭޓްސްއެވެ. އިސްވެ ދެންނެވުނު ބުރަދަނުގެ ފޭރެއްގައި 19.6 މިލިގްރާމު ކާބޯހައިޑްރޭޓްސް ހުރެއެވެ. މި މާއްދާއަކީ ހަށިގަނޑަށް ބޭނުންވާ ހުރިހައި ހަކަތައެއްގެ މައިގަނޑު އަސްލެވެ. އިންސާނީ ހަށިގަނޑު އެތައް ބިލިއަން ސެލްތަކަކުން އެކުލެވިގެންވާއިރު، އެއިން ކޮންމެ ސެލްއެއް ވެސް އޭގެ ޒާތުގައި ބިނާވެ ހަރަކާތްތެރިވުމަށް ބޭނުންވާ ބާރާއި ހަކަތަ ލިއްބައިދެނީ ކާބޯހައިޑްރޭޓުންނެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ކަބޯހައިޑްރޭޓްސް ފޭރުން ލިއްބައިދެއެވެ.

  މީގެއިތުރުން ފޭރުން ހަށިގަނޑަށް ލިއްބައިދޭ އަނެއް މުހިންމު މާއްދާއަކީ އޭގައި ހިމެނޭ 8.9 މިލިގްރާމް ފައިބަރެވެ. ސިއްހީ ދާއިރާގެ ދިރާސާތައް ބުނާ ގޮތުން ފައިބަރުގެ ސަބަބުން އިންސާނާގެ ހަޖަމުގެ ނިޒާމު ރަނގަޅުކޮށްދެއެވެ. ހަޖަމުކުރުމުގައި ދިމާވާ މައްސަލަތަކާއި ބޮޑުކަމު ދިއުމުގައި ކުރިމަތިވާ ބައެއް ކަހަލަ ދަތިތައް ދިމާވުމުގައި އެދެވޭ މިންވަރަށް ފައިބަރު ހަށިގަނޑަށް ލިބިފައިނެތުން ހިމެނެއެވެ. އެހެންކަމުން އެދެވޭ މިންވަރަށް ފައިބަރު ލިބިގަތުމަށްޓަކައި ފޭރުގެ ބޭނުން ކުރުމަކީ މުހިންމުކަމެކެވެ.

  ހަމައެހެންމެ ހިތުގެ ބަލިތަކާއި ސަރުބީ އިތުރުވެ ނާރުތައް ބެދުމާއި ލޭ މައްޗަށް ދިއުންފަދަ ސިއްހީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި ވެސް ފޭރު ބޭނުން ކުރުމަކީ މުހިންމު ކަމެއްކަމަށް ދިރާސާތަކުން ހާމަވެފައިވެއެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.