• Tue, 27 October, 2020, 6:22 am

  ލޭގެ ޕްރެޝަރ ދައްކުރަން ބޭނުންތަ..؟

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަބާވަތްތަކެއް ހިމެނޭ ސައިމާ ނުވަތަ "ހައިބިސްކަސް" ސަޔަކީ ދުނިޔޭގެ ކަންކޮޅުތަކުގައި، ފިނިކޮށް އަދި ހޫނުކޮށްވެސް ބުއިމަށް ވަރަށް ގިނަބަޔަކު ބޭނުންކުރާ ވަރަށް މީރު އެއްޗެކެވެ. މިސައި ތައްޔާރު ކުރަނީ ސައިމަލުގެ ފިޔަތަށް ހިއްކައިގެން އާންމުކޮށް ސައި ތައްޔާރުކުރާ ގޮތަށެވެ. އަދި ސައި ތައްޔާރުކުރަނީ ގަދަ ރަތްކުލައިގެ ސައިމަލުގެފިޔައިންނެވެ.

  ސޫދާން ގެއިތުރުން  އިރާގު އަދި އީރާން، މިސްރު ފިލިޕިންސް، ޖެމެއިކާ ގެ އިތުރުން ލެޓިންއެމެރިކާގެ ފަދަ ގައުމުތަކުގައި ސައިމާ ސަޔަކީ ވަރަށް މަގުބޫލު ބުއިމެކެވެ. "ފްލޯރ ޑެ ޖެމެއިކާ" ގެ ނަމުން މިސައި މަޝްހޫރުވެފައިވާއިރު،  މިސްރުގައި މިސައި ބުއިމަށް "ކަރްކަދީ" އޭވެސް ކިޔައެވެ. ހަމަ އެހެންމެ އިހުގެ ކައިވެނި ހަފްލާ ތަކުގައިވެސް މިސްރު އަދި ސޫދާނުގައި ސައިމާސައި ބޭނުންކޮއްފައިވެއެވެ.

  ސައިމާ ސައިތައްޔާރު ކުރާއިރު، ފޮނިރަހަލެއްވުމަށްޓަކައި ހަކުރު ބޭނުންކުރެއެވެ. ބައެއްގައުމުތަކުގައި މިންޓް އަދި އިނގުރު އެއްކޮށްގެން ސައިތައްޔާރު ކުރެއެވެ. މިސްރުގައި މިބުއިން މަޝްހޫރުވެފައިވަނީ ލޭގެޕްރެޝަރ ދައްކޮއްދޭ ބުއިމެއްގެ ގޮތުގައެވެ.

  ދިރާސާ އަކުން ދައްކާގޮތުގައި، ޓައިޕް ޓޫ ޑައިބެޓިކްސް ގެ ބަލިމީހުން ސައިމާސައި ބޯނަމަ ލޭގެޕްރެޝަރ ދައްކޮއްދެއެވެ. މިދިރާސާގެ ނަތީޖާ ދައްކާގޮތުގައި، ސައިމާސައި ބުއިމުގެސަބަބުން، އެއްމަސްދުވަސް ތެރޭގައި، އެވްރެޖް ކޮއްބަލާއިރު، 17.97 ކޭ.ޕީ.އޭ އިން 15.03 ކޭ.ޕީ.އޭ އަށް  ލޭގެ ޕްރެޝަރ ދައްވެފައި ވެއެވެ.

  "ޖާނަލް" ފައިޓޯ މެޑިސިން އިން 2004ވަނައަހަރު ކުރެވުނު އެހެން ދިރާސާއަކުން ދައްކާގޮތުގައި ހައިޕަރ ޓެންޝަން ހުންނަމީހުންގެ ލޭގެޕްރެޝަރު،ކޮންމެދުވަހަކު ސައިމާސައި ބުއިމުގެސަބަބުން ފާހަގަކޮށްލެވޭވަރަކަށް ދައްކޮށްދޭކަމަށް ބުނެފައިވާއިރު މިދިރާސާގައި ބައިވެރިވި މީހުންގެތެރެއިން ދެބައިކުޅައެއްބައިމީހުންނަށް  16 އައުންސްގެ ސައިމާސައި މަސްދުވަސްވާންދެން ކޮންމެދުވަހަކު ހެނދުނު ސައިގެ ކުރިންދެވުނެވެ. އަދި އަނެއްބައި މީހުންނަށް، "އެންޓި ހައިޕަރޓެންސިވް" ބޭހެއްކަމަށްވާ "ކެޕްޓޯޕްރިލް"ގެ 25 މިލިގްރާމްގެ ބޭސްގުޅަ ދުވާލަކު ދެފަހަރު ދެވިފައިވެއެވެ. އޭގެ އެއްމަސްފަހުން ޗެކްކުރިއިރު ސައިމާސައި ދެވުނުމީހުންގެ79 އިންސައްތަ މީހުންގެ ލޭގެޕްރެޝަރ މަދުވެގެން 10 ޕޮއިންޓް ދައްވެފައިވއެވެ. އަދި ޑޮކްޓްރީ ބޭސްދެވުނުމީހުންގެ 82 އިންސއްތަ މީހުންގެ ލޭގެޕްރެޝަރވެސް މަދުވެގެން 10 ޕޮއިންޓް ދަށްވެފައިވެއެވެ.

  އާދައިގެ ސަޔަށްވުރެ ސައިމާސައިގެ ފާހަގަކޮއްލެވޭ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ކެފެއިން އެކުލެވިގެން ނުވުމާއި، މިސައިގައި ވިޓަމިންސީ މަތީގުނައަކަށް އެކުލެވިގެންވުން ހިމެނެއެވެ. އަދި އާދަޔާހިލާފު މީރުރަހަޔެއް މިސައިގައި ހުރެއެވެ. މީގެއިތުރުން މީރުވަހަކާއި ފާހަގަކޮއްލެވޭ ގުދުރަތީ ރީތިކުލައެއް މި ބުއިމަށް ލިބިގެންވާއިރު، އުތުރުއެފްރިކާގައި ވަރަށް ކުރިއްސުރެ މިއީ ހަށިގަނޑު ފިނިކަންމަތީ ބަހައްޓައިދޭ ބުއިމެއްގެގޮތުގައި މަޝްހޫރުވެފައިވާ ބުއިމެކެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.