މަމުޔަކީ ވަރަށްފަސޭހައިން ލިބެންހުންނަ އަދި ކޮންމެ ގެއެއްގައިވެސް އާންމުކޮށް ލިބެންހުނަ އެއްޗެއްކަމުން ފަސޭހަކަމާއިއެކު ހޯދާލެވޭއިރު ހަށިގަނޑަށް ބޭނުންވާވަރަށް ނިދިނުލިބުމުގެ އިތުރުން ނިދި މަދުވުމަށް އޮތް ހައްލަކީ މާމުއިތައްޓެއް ބުއިމެވެ.
ދިރާސާކުރައްވާ އިލްމުވެރިންގެ ދިރާސާތަކުގެ އަލީގައި ވިދާޅުވެފައިވަނީ ނިދިނުލިބުމުގެ އިތުރުން ނިދި މަދުވުމަކީ ބައްޔެއްކަމެވެ.އެހެންކަމުން އެ ބައްޔަށް އޮތް އެންމެފަސޭހަ އަދި އަވަސް ފަރުވާއަކީ ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން މާމުއި ސަމްސަލެއް ފެންތައްޓެއްގައި ގިރައިގެން ބޯށެވެ. މިކަމާބެހޭގޮތުން ރިސާޗްހެދި މީހުނަށް ފެނުނު ގޮތުގައި މާމުއި ފެނުގައި ގިރައިގެން ބުއިމުން ހަށިގަނޑަށް މަޑުމައިތިރިކަން ލިބެއެވެ.
ހަށިގަނޑަށް ކޮްނމެހެންބޭނުންވާ މުހިންމު ގިނަ ވިޓަމިން އާއި މިނަރަލް މަމުއިގައި އެކުލެވިފައިވާ އިރު އެތައް މިނަރަލްތަކެއް މާމުއިގައި އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ޕޮޓޭސިއަމް، ސޯޑިއަމް، ކެލްސިއަމް، މެގްނީސިއަމް، އަޔަން، ކޮޕަރ، ފޮސްފަރަސް، ސަލްފަރ ހިމެނެއެވެ. މި މާއްދާތަކަކީ ބަލިމީހާ ނަފްސާނީގޮތުން ހަމަޖައްސައިދޭ އެންމެމުހިންމު މާއްދާތަކެވެ.
ދިރާސާކުރައްވާ ފަރާތްތަކުން ދާދިފަހުން ހޯދި އެހެންހޯދުމެއްގައި ބުނެފައިވާ ގޮތުގައި ކޮންމެ ދުވަހަކު މާމުއި ސަމްސަލެއް ބޭނުންކުރުމުން ހާޓް އެޓޭކް ޖެހުމުން ސަލާމަތްކޮށްދޭ ކަމެކެވެ. ސަބަބަކީ އެމީހުނަށް ހޯދުނު ގޮތުގައި މާމުޔަކީ ހިތުގެ މަސައްކަތްތައް އިންތިޒާމް ކުރުވާ އެއްޗަކަށް ވުމެވެ.
މީގެއިތުރުންވެސް މާމުޔަކީ ތަފާތު ވައްތަރުގެ ޖަރާސީމު މަރާލާ އެއްޗެކެވެ. ޚާއްޞަކޮށް ޙަޖަމްކުރުމުގެ ނިޒާމަށް ބަލިޖައްސާ ޖަރާސީމް މަރާލާ އެއްޗެކެވެ. އެހެންކަމުން ބޭރަށް ހިންގުމަށް ފަރުވާކުރުމަށް މާމުޔަކީ ވަރަށް ރަނގަޅު އެއްޗެކެވެ. ހަމަމިގޮތަށް މަޢިދާގެ [އަލްސަރ] ނުވަތަ ފާރަށް ފަރުވާކޮށް ވަރަށް ކުރު މުއްދަތެއްގައި އެފާރު ފަސޭހަކުރުމަށް އެހީތެރި ވެދޭއިރު، މާމުޔަކީ ބަނޑުހަރުވުން ނުވަތަ ބޮޑުކަމުދާން އުނދަގޫވާ ބައްޔަށްވެސް އޮތް މުހިންމު ފަރުވާއެކެވެ.