• Wed, 8 July, 2020, 7:07 pm

    ކޯވަރެއްދަމާލާފައި ފެންފުޅި އެއްލާލުމުގެ ބަދަލުގައި މިފަދަ ކުދިން މަތިން ހަނދާކޮށްލުން ކީއްތޯ.؟

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މި ކާއިނާތުގައި ލައްވާފައިވާހާ އެންމެހާ ތަކެއްޗަކީ އިންސާނާއަށްޓަކައި ލައްވާފައިވާ ތަކެއްޗެވެ. ކަންމިހެން އޮތްކަމުގައި ވިޔަސް، އިލާހީ ދެއްވުންތައް ލިބިގަނެވެނީ އެކި މީހުންނަށް އެކި މިންވަރަށެވެ. އެކަމުގެ ޙިކުމަތް ދެނެވޮޑިގެންވާނީ މާތްﷲ އެވެ.

    ވިސްނާ ފިކުރުކުރާ އިންސާނާއަށް އޮތީ ހަމައެކަނި ވިސްނާ ފިކުރުކުރުމެވެ. އެހެންކަމުން މިއަދު މިބަލަލަނީ   އަޅުގަނޑު މެން އެންމެވެސް އެއެއްޗަކަށް އެންމެބޭނުންވެފައިވާ އަދި އެއާއި ނުލައި ދިރިނޫޅޭވޭ ސާފް ފެންފޮދަކަށެވެ. އަދި އެފެންފޮދުގެ މުހިންމުކަމުގެ މައްޗަށެވެ.

    ދުނިޔޭގެ ތަފާތު ބައްރުތަކުގައި އެތަށް ސަތޭކަ މީހުންނަކައި ކުދިންނެއް ސާފް ބޯފެންފޮދެއް ނުލިބި ދުނިޔޭގައި ނިކަމެތި ހާލުގައި ހޭދަކުރަމުންދާއިރު އެ ކުދިންގެ ކަރުހިއްކުން އެ ފިލުވަނީ ކޮން ކޮންޙާލެއްގައިކަން އަޅުގަނޑު މެންނަށް އެބަ އިގޭބާވައެވެ..؟

    ދުނިޔޭގައި ސާފު ބޯފެނުގެ ނިޢުމަތުން މަޙުރޫމުވެފައިވާ އެއްބިލަޔަނަށް ވުރެ ގިނަ އިންސާނުން އެބަ ތިބިކަން ހަނދާނަށް ގެންނަމާތޯއެވެ؟ އަދި އާބާދީގެ ދެބައިކުޅައެއްބައި މީހުންނަށް ޞިއްޙީގޮތުން އެކަށީގެން ނުވާ ފެން، ބޭނުން ކުރަންޖެހިފައިވާ މީހުންނޭ ދެންނެވުމަކީވެސް ދޮގަކަށް ނުވާނެއެވެ.

    ދުނިޔޭގައި އަހަރެއްގެ މައްޗަށް، 3 ނުވަތަ 4 މިލިޔަން މީހުން ނުސާފު ފެނުގެ ސަބަބުން ފެތުރޭ ބަލިމަޑުކަމުގައި  މަރުވެދާއިރު، މީގެތެރޭގައި 1.5 މިލިޔަން ކުޑަކުދިން މި ދުނިޔޭ ދޫކޮށް ދާ ހިތާމަވެރި މަންޒަރު ފެންނަނީ އަޅުގަނޑުމެންގެތެރެއިން ކިތަށް މީހުންނަށްތޯއެވެ.

    އެހެންކަމުން އަޅުގަނޑުމެން އަމިއްލަޔަށް އަޅުގަނޑުމެންގެ ލޭ ހިނގާ އެންމެ ކުއްޖަކު ހިމެނުނަސް ގިސްލެވޭނެ މިންވަރާއި ލޮލުން ކަރުނަ އޮހޭނެ ވަރު އަމިއްލަފުޅަށް ތަޞައްވުރު ކޮށްލުން ކީއްތޯއެވެ. ދުވާލަކަށް 5000 އެއްވާ ކުޑަކުދިން، ނުސާފު ހަޑި ފެނުގެ ސަބަބުން  މި ދުނިޔެއަށް އަލްވަދާޢު ކިޔަންޖެހުންކަން އިޙްސާސް ކޮށްލެއްވުން  ކީއްތޯއެވެ؟

    ކަންމިހެން އޮތް އިރު އަޅުގަނޑުމެން ވިސްނަލަންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. މާތްﷲ ގެ އިރާދަފުޅައި މިންވަރު ފުޅުން އަޅުގަނޑުމެން ދިވެހީންނަށް ސާފްބޯފެން ލިބުމުގައި މަބޮދު ދަތިކަމެއް ނެތެވެ.އެހެންނަމަވެސް އެލިބޭ ސާފް ބޯފެން ފޮދު އިސްރާފް ނުކޮށް ދެމެހެއްޓުންމަކީ ވަރަށް މުހިންމުކަމެކެވެ.

    އިރު އިރުކޮޅުން ފުޅިއެއް ކަނޑާލައިފައި ދެތިން ކޯވަރެއް ދަމާލާފައި އެއްލާލުމުގެ ބަދަލުގައި ދެމީހަކު އެއްފެންފުޅި ހިއްސާކޮށްލުމަކީވެސް ހުތުރުކަމެއް ނޫނެވެ. ނުފޯރާކަމެއްވެސް ނޫނެވެ. ލަދުގަންނަޖެހޭކަމެއްވެސް ނޫނެވެ. ބުނަނަމަ ބުނެވޭނީ ތަހުޒީބު އިންސާނުންގެ ގޮތެވެ.

    ހޮޓާ ހޮޓަލާއި ކެފޭ ރެސްޓޯރަންޓުތަކުން ފެންބޮއިފައި ފުޅިންބާކީވާބައި ގެޔަށް ގެންދަން ލަދުގަންނަންވީ ސަބަބެއް ނެތެވެ. ސިއްރުން ނުވަތަ ވަގަށް ނަގައިގެން ގެންދާ އެއްޗެއް ނޫނެވެ. އަގު އަދާކޮށްފައި ގަނެގެން ގެންދާ ހުއްދަ މުދަލެކެވެ. އަދި އެކަން އެހެން ކޮށްފިނަމަ އިސްރާފު ކުރުމުގެ ފާފައިން ހަމަޔަގީނުންވެސް ސަލާމަތްވީހެވެ. ކަލާނގެ ތަނަވަސް ނިޢުމަތަށް ޝުކުރުވެރިވެވުނީއެވެ. ނިކަމެތި ޙާލުގައި ތިބި ތިމާ ފަދަ އެހެން އިންސާނުން ތިމާގެ ޅަދަރިން ފަދަ އެހެން ކުދިން މަތިން ހަނދާންކޮށް އެމީހުންގެ ވޭނީ ޖަޒުބާތުގައި ބައިވެރިވެވުނީއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.