• Sun, 12 July, 2020, 5:23 pm

  ރާއްޖޭގެ ބޯޑަރުތައް ޖުލައި 15 ގައި ހުޅުވާލަން ނިންމައިފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރުތައް އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

  ކޮވިޑް 19އިން ރައްކާތެރިވުމުގެ ގޮތުން އެއްވެސް ގައުމެއްގެ އެއްވެސް މީހަކަށް ނާދެވޭ ގޮތަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓުމަކަށް އައެވެ.

  ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބޯޑަރު ހުޅުވައިލާއިރު ރާއްޖެއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖެއަކީ ރައްކާތެރި ގައުމެއްގެ ގޮތުގައި ޖަރުމަން ފަދަ ގައުމުތަކުން ފާހަގަކޮށްފައި އޮތުން ކަމަށެވެ. އަދި ބޯޑަރު ހުޅުވާލުމަށްފަހު، އޮގަސްޓް މަހު ގެސްޓްހައުސްތަކަށް ޓޫރިސްޓުން އަންނަން ވެސް ފުރުސަތު ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

  “ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާ އިރު އަޅުގަނޑުގެ ވިސްނުން ހުރީ އަވަސް ރިކަވަރީއަކަށް ވާސިލުވުމަށް،” ރައީސް ވިދާޅުވިއެވެ.

  ރައީސް އިތުރަށް ވިދާޅުވީ، މިއަހަރުގެ ބާކީ މިއޮތް ހަ މަސް ތެރޭގައި އިތުރު ފަސް ލައްކަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި ހައި ސީޒަންގައި އާންމުކޮށް މަހެއްގެ މައްޗަށް ދެ ލައްކައެއްހާ ފަތުރުވެރިން ރާއްޖެ އަންނައިރު މިއަހަރު އޭގެ 20 ޕަސެންޓް ވަރު އަންނާނެ ކަމަށް ވެސް ބެލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

  ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވައިލާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖާގަ ހޯދަން މިހާތަނަށް ބައިނަލްއަގްވާމީ 10 އެއާލައިނަކުން އެދިފައިވާ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ. އަދި ހާލަތަށް އަންނަ ބަދަލަކުން އެ އަދަދު މަދު ނުވަތަ ގިނަ ވެސް ވެދާނެ ކަމަށާއި ނަމަވެސް ތިން މަސް ފަހުން ރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަނަށް ދާއިރު، އޭގެ ތިން ގުނަ އިތުރަށް ފްލައިޓްތައް ބާއްވަން ވެސް އެއާލައިންތަކުން ހުށަހަޅާފައިވާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

  އަލުން ދަތުރުތައް ފަށާއިރު، ޝެޑިއުލަށް ވުރެ ގިނައިން ރާއްޖެއަށް ކުރާނީ ޗާޓާޑް ދަތުރުތަކާއި ޕްރައިވެޓް ދަތުރުތަކަށް ވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ލަފާ ކޮށްފައެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.