• Sun, 12 July, 2020, 5:26 pm

  ބާސެލޯނާ އާއި ސެލްޓަވީގޯ ކުޅޭ މެޗުގައި ރާއްޖެ އިސްތިހާރު ކުރުމަށް ހަރަކާތްތަކެއް

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ބާސެލޯނާއާއި ސެލްޓަވީގޯ އަންނަ ހޮނިހިރުދުވަހުގެރޭ ބައްދަލުކުރާ މެޗުގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުން ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

  ރާއްޖޭގެ ބޯޑަރ އަންނަމަހުގެ 15 ވަނަ ދުވަހު ހުޅުވުމަށް ނިންމާފައިވާއިރު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ އަލީވަހީދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން މެދުކަނޑާލުމަށްފަހު އަންނަ މަހުގެ 15ވަނަދުވަހު އަލުން ފަށާއިރު އެކަން އިޝްތިހާރުކޮށް ފަތުރުވެރިން ގެނައުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން އަންނަ ހޮނިހިރުދުވަހުގެ ރޭ ސެލްޓަވީގޯއާއި ބާސެލޯނާ ބައްދަލުކުރާ މެޗު ފެށުމުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޚާއްސަ ހަރަކާތެއް ކުރިއަށްދާނެކަމަށެވެ.

  މިނިސްޓަރ އަލީވަހީދު ވިދާޅުވީ ދުނިޔޭގެރ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެސީފަދަ މަޝްހޫރު އެތަށް ކުޅުންތެރިންނެއް ފެނިގެންދާ މިމެޗު ފެށުމުގެ ކުރިން ދަނޑުގެ ސެންޓަރ ސާކްލްގައި ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރުން، ދަނޑުގައި ހުންނަ އެލްއީޑީ ބޯޑުތަކުގައިވެސް ރާއްޖެ އިޝްތިހާރުކުރާނެކަމަށެވެ. އަދި މެޗަށްފަހު އޮންނަ ޕްރެސް ކޮންފަރެންސްގައިވެސް ރާއްޖެ އިޝްތިހާރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

  މިނިސްޓަރ ވިދާޅުވީ ހޮނިހިރުދުވަހުގެރޭ އޮންނަ މެޗުގައި ރާއްޖެ އިޝްތިހާކުރުމަށް އިތުރު ޚަރަދެއް ނުހިނގާކަމަށާއި، މިއީ މިދިޔަ އަހަރު ސެލްޓަވީގޯއާއެކު ޤާއިމްކޮށްފައިވާ އެއްބަސްވުމުގެ ދަށުން ސެލްޓަވީގޯއިން ކޮށްދޭ މަސައްކަތްތަކެއްކަމަށެވެ.

  ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ސްޕެނިޝް ލަ ލީގާގެ، ސެލްޓަ ވީގޯއާއެކު އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސޮއިކޮށްފައިވާ އިރު މި އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 ޑޮލަރު ރާއްޖެ ހަރަދު ކުރާނެ އެވެ. އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެއިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެއިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.