• Tue, 20 October, 2020, 2:03 am

  ބޮޑުން ކުރާ ކުށަށް އަދަބު ނުދީ، އާދައިގެ މީހަކަށް އަދަބު ދިނުމަކީ ޖާހިލިއްޔަތުގެ ސިފައެއް!

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  މުޖުތަމައުގެ އަޝްރާފުން ކުށެއް ކުރުމުން އެކުށަށް އަދަބު ނުދެވި، އާދައިގެ މީހަކު ކުށެއް ކުރުމުން އަދަބު ދެވޭނަމަ އެއީ ޖާހިލިއްޔަތުގެ ސިފައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

  "އުންސުރީ ތަފާތުކުރުމަކީ އިންސާނިއްޔަތާ ހިލާފު ޖާހިލީ އާދައެކެވެ." މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިންސަނީވަންތަކަން ގެއްލެނީ ޖަހާލަތުގެ ސިފަތައް ވެރިވުމުން ކަމަށާއި މުޖުތަމައެއްގައި އިންސާނިއްޔަތުގެ އަގުތަކާއި ހަމަތައް ނެތިގެން އުވިގެން ގޮސްފިނަމަ އެތަނެއްގައި ޖާހިލިއްޔަތު އުފަންވެ، އަލާވެގެންދާނެ ކަމަށެވެ. އަދި އެފަދަ މުޖުތަމައެއް ގައި އޮންނާނީ ޖަންގަލީގެ ނިޒާމާއި ރަސްމަތިފުށު ބޮޑުންނަށް މޮޅު ގޮތް ކަމަށް ހުތުބާގައި ބުންޏެވެ.

  އެގޮތުން ފުރައްސާރަ ކުރުމާއި ހަޑިހުތުރު ލަގަބުތަކުން އެކަކު އަނެކަކަށް ނަންދީ އުޅުމާއި ދިމާކުރުންފަދަ ކަންކަމަކީ އިޖްތިމާއީ ފޭރާން ވީދި، މުޖުތަމައުގައި ފިތުނަ ފަސާދަ އުފެދުމަށް މަގުފަހިވާ ޖާހިލީ ސިފަތަކެއް ކަމަށް ހުތުބާގައި ބުންޏެވެ.

  ހުތުބާގައި އިތުރަށް ބުނީ، މުޖުތަމައުގެ އަޝްރާފުން ކުށެއް ކުރުމުން އެކުށަށް އަދަބު ނުދެވި، އާދައިގެ މީހަކު ކުށެއް ކުރުމުން އަދަބު ދެވޭނަމަ އެއީ ޖާހިލިއްޔަތުގެ ސިފައެއް ކަމަށާއި ހުކުމް ކުރާއިރު ވަކި މީހަކަށް ބެލުމެއް ނެތި ﷲ އަންގަވާފައިވާ ގޮތަށް ހުކުމް ނުކުރެވޭނަމަ، އެއީ ވެސް ޖާހިލިއްޔަތުގެ ހުކުމަށް ހުކުމް ކުރުން ކަމުގައި މެނުވީ ނުވާނެ ކަމަށެވެ.

  ތަފާތު އެކި ނަސްލުތަކާއި އެކު ކުލަތަކާއި އެކި ބަހުރުވަތަކެއްގެ މައްޗަށް އިންސާނިއްޔަތު ލައްވާފައިވަނީ ﷲ ތައާލާގެ ކުޅަދުންވަންތަ ކަމުގެ ތެރެއިންވާ އާޔަތެއްގެ ގޮތުގައިކަން ފާހަގަކޮށް ހުތުބާގައި ބުނީ، ތަފާތުވުންތަކަކީ އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް މާތް ކުރެއްވި މަތިވެރިވުމަށްޓަކައި ލައްވާފައިވާ ތަފާތުވުން ތަކެއް ނޫން ކަމަށެވެ. އަދި ﷲ ތައާލާގެ ހަޟްރަތުގައި މާތްކަމާއި އިއްޒަތާއި ގަދަރުގެ ނާރެހަކީ ތަގްވާ ކަމަށް ހުތުބާގައި ބުންޏެވެ.

  އިންސާނީ ވަންތަކަމުގައި އެންމެހާ މީސްތަކުން ﷲގެ ހަޟްރަތުގައި ހަމަހަމަވެގެންވާކަން އިއުލާން ކުރައްވައި ކީރިތި ވަންތަ ﷲ އެންމެހާ އިންސާނުންނާ މުހާތަބު ކުރައްވައި ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

  "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި ހައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ގައުމުތަކަށާއި ގަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ތައާރަފު ވުމަށްޓަކައެވެ."

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.