• Mon, 19 October, 2020, 8:30 pm
  މާސްކު އަޅައިގެން ބަޔަކު ބާޒާރު މަތީ ފިހާރައެއް ކައިރީގައި --- ފޮޓޯ: އަވަސް

  ކޮންމެ ދިހަ މީހަކުން އެކެއްގެ އާމްދަނީ އެއްކޮށް ހުއްޓުނު: ދިރާސާ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ކޮވިޑް-19 އާ ގުޅިގެން ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ އެއްކޮށް ހުއްޓުނު ކަމަށް ކޮވިޑާ ގުޅިގެން އިޖުތިމާއީގޮތުންނާއި އިގުތިސާދީގޮތުން ކުރި އަސަރުގެ މައްޗަށް ގައުމީ ޔުނިވާސިޓީން ހެދި ދިރާސާއިން ދައްކައިފިއެވެ.

  ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ހެދި މި ދިރާސާގެ ހޯދުންތައް ވަނީ އާންމުކޮށްފައެވެ.

  ދިރާސާގައި ބައިވެރިވި މީހުންގެ ވަޒީފާ ނުވަތަ އާމްދަނީއަށް ކުރި އަސަރުގެ ބައިގައި ދައްކާގޮތުން، ކޮންމެ ދިހަ މީހުންގެ ތެރެއިން އެކެއްގެ އާމްދަނީ ވަނީ މުޅިން ހުއްޓިފައެވެ. ކޮންމެ ދިހަ މީހަކުން އެކެއްގެ ވަޒީފާ ކުރިއަށް އޮތް މަހު ގެއްލިދާނެކަމުގެ ބިރާ ވަނީ ކުރިމަތިވެފައެވެ. ކޮންމެ ދިހަ މީހަކުން ތިން މީހުންގެ މުސާރަ ވަނީ ކުޑަކޮށްފައެވެ. އަދި މިދިމާވި ހާލަތާ ގުޅިގެން ވަޒީފާގެ ބިރެއްނެތި ވަޒީފާގެ ޔަގީންކަން ލިބިފައިވަނީ ކޮންމެ ދިހަ މީހަކުން ފަސް މީހަކަށެވެ.

  ކޮވިޑް-19 ގެ ކުރިން އާމްދަނީ ލިބެމުން އައިގޮތަށް ބަލާއިރު، ސާވޭގެ ބައިވެރިންގެ ތެރެއިން 71 ޕަސެންޓު މީހުން އާމްދަނީއަށް ބަރޯސާވަމުން އައީ ވަޒީފާއަށެވެ. ވިޔަފާރީގެ ތެރެއިން 16 ޕަސެންޓު މީހުންނަށް އާމްދަނީ ލިބެމުންއައިއިރު، 6 ޕަސެންޓު މީހުންގެ އާމްދަނީގެ ވަސީލަތަކަށް ވެފައި އޮތީ ކުއްޔާއި ޕެންޝަން ފައިސާއެވެ. އަދި އެއްވެސް އާމްދަނީއެއް އެއްވެސް ގޮތަކުން ނުލިބޭ ކަމަށް ބުނެފައިވަނީ 7 ޕަސެންޓު މީހުންނެވެ.

  ކޮވިޑް-19 އާ ގުޅިގެން ކޮންމެ ދިހަ ވިޔަފާރިއަކުން ފަސް ވިޔަފާރިއަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށް ސާވޭގައި ވެއެވެ. ކޮންމެ 10 ވިޔަފާރިއަކުން 4 ވިޔަފާރިއަކަށް ލިބެމުން އައި ހުރިހާ އާމްދަނީއެއް ވަނީ ހުއްޓިފައެވެ. ވިޔަފާރިއަށް އެއްވެސް ގޮތަކުން އަސަރުނުކުރާ ކަމަށް ބުނެފައިވަނީ ދިހައަކުން އެކެކެވެ.

  ފުރަބަންދުގައި މީހުން މަސައްކަތް ކޮށް އުޅުނު ގޮތަށް ބަލާއިރު، 44 ޕަސެންޓު މީހުންނަށް އެއްގޮތަކަށްވެސް މަސައްކަކަތް ކުރެވޭ ގޮތެއް ނުވިއެވެ. 37 ޕަސެންޓު މީހުން މަސައްކަތް ކުރީ ގެއިންނެވެ، އަދި 8 ޕަސެންޓު މީހުން ހަފުތާއަކު ދެތިން ފަހަރު މަސައްކަތަށް ބޭރަށް ނުކުމު އުޅުނު ނަމަވެސް 11 ޕަސެންޓު މީހުން މަސައްކަތް ކުރީ ނުވަތަ ވަޒީފާއަދާކުރީ ކޮންމެ ދުވަހަކު އޮފީހަށް ނުުކުމެގެން ކަމަށް ވެސް ސާވޭގައި ވަނީ ބުނެފައެވެ.

  މިއީ ގައުމީ ޔުނިވާސިޓީއާއި އެޗުޕީއޭ ގުޅިގެން ހެދި ދިރާސާގެ ފުރަތަމަ ބުރުގެ ނަތީޖާއެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ ސާވޭގައި 2،871 މީހުން ބައިވެރިވިއެވެ. އަދި އޭގެ ތެރެއިން 2،697 މީހުން ވަނީ ސާވޭގެ ހުރިހާ ސުވާލަކަށް ޖަވާބު ދީފައެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.