• Wed, 30 September, 2020, 12:23 pm

  ހަކުރުބަލީގެ އަލާމާތްތަކާއި ބަލި ޖެހިފައިވާކަން ދެނެގަންނާނީ ކިހިނެއް..؟

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ހަކުރު ބައްޔަކީ އިންސާނާގެ ހަށިގަނޑުގައިވާ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު އިންތިޒާމްކޮށްދޭ އިންސޫލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުން، ނުވަތަ އިންސޫލިން އަށް ހަށިގަނޑު އިޖާބަ ނުދިނުމުގެ ސަބަބުން  ލޭގައިވާ ހަކުރުގެ މިންވަރު ނުވަތަ ގުލުކޯޒްގެ މިންވަރު މަތިވެގެން ގޮސް ކުރިމަތިވާ ބައްޔެކެވެ. މި ބައްޔަށް ސައިންސްވެރިން ދީފައިވަނީ Diabetes Mellitus ނުވަތަ "ހަކުރު ބަލި" މިއެެވެ.

  ހަކުރުބަލި ޖެހިފައިވާކަން ދެނެގަންނާނީ ލޭގައި ހަކުރު ހުރިމިންވަރު ޓެސްޓުކޮށްގެން ބެލުމެވެ. އާއްމު ގޮތެއްގައި ހައިބަނޑާއި ހުންނަ މީހެއްގެ ލޭގައި ހަކުރު ހުންނާނީ 70 އާއި 99 މިލިގްރާމް ޕާ ޑެސިލީޓަރާ ދެމެދުގެ މިންވަރަކަށެވެ. ބައެއް ފަހަރު ކެއުމަށްފަހު މީހާގެ ހަކުރުމައްޗަށް ދެއެވެ. ނަމަވެސް 200 މިލިގްރާމް ޕާ ޑެސިލީޓަރަށްވުރެ މައްޗަށް ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.

  ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ހަކުރު ބަލީގެ ދެވައްތަރެއް ހުރެއެވެ. އޭގެ ތެރެއިން ފުރަތަމަ ވައްތަރަކީ އިންސޫލިން އަށް ބަރޯސާވާ ވައްތަރު ނުވަތަ ޓައިޕް 1 އެވެ. ޓައިޕް 1 އާންމުކޮށް ޖެހެނީ ޒުވާން އުމުރުގެ ކުދީންނަށެވެ. އަދި ހަކުރުބަލީގެ ދެވަނަ ވައްތަރަކީ އިންސޫލިން އަށް ބަރޯސާނުވާ ވައްތަރު ނުވަތަ ޓައިޕް 2 އެވެ. ޓައިޕް 2 އާންމުކޮށް ޖެހެނީ އުމުރުން 40 އަހަރު ވުމުގެފަހުންނެވެ.

  އެހެންކަމުން ހަކުރުބަލީގެ ފުރަތަމަ ވައްތަރުކަމުގައިވާ ޓައިޕް 1 އިން ހަށިގަނޑުން އިންސިއުލިން އުފެއްދުން ދަށްވެގެންދަނީއެވެ. ނުވަތަ ބޭނުންވާ ވަރަށް އުފައްދައި ނުދެނީއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއަށް ގުލްކޯޒް އަކަށް ނުވަދެވެއެވެ. އެހެންކަމުން ލޭގައި އެކުލެވޭ ގުލްކޯޒް މިންވަރު މައްޗަށް ދެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ކޮންމެސް ސަބަބަކާހުރެ "ޕެންކްރިއާސް" އަށް ކުރާ ގޯނާއެއްގެ ސަބަބުން ފެށިގެން އަންނަ ކަމެކެވެ.

  ހަކުރުބަލީގެ ދެވަނަ ވައްތަރުކަމުގައިވާ ޓައިޕް 2 ޑައިބިޓީސްގައި ޗިސްމޭއިން އިންސިއުލިން ކޮންމެ ވެސް ވަރަކަށް އުފައްދައެވެ. ނަމަވެސް އިންސިއުލިންގެ އަސަރު ފުރިހަމަ ގޮތުގައި ގުނަވަން ތަކަކަށް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ގުނަވަންތަކުގެ ސެލްތަކުގެ ތެރެއަށް ގުލްކޯޒަކަށް ނުވަދެވެއެވެ. އެހެންކަމުން ލޭގައި ހަކުރު ހުންނަ މިންވަރު އިސާހިތަކު މައްޗަށްދެއެވެ.

  ހަކުރުބަލީގެ އަލާމްތަތަށް:

  1 - ވަރުބަލިވުން

  2 - ކަރުހިއްކުން ނުވަތަ ފެންބޮވުން

  3 - މާބޮޑަށް ބަނޑުހައިވުން

  4 - ހަށިގަނޑުގެ ބަރުދަން ލުއިވުން

  5 - އަވަސްއަވަހަށް ކުޑަކަމުދާންޖެހުން

  އެހެންކަމުން ދަންނަވާލަން ޖެހެނީ ހަކުރު ބައްޔަކީ އެއްކޮށް ފަސޭހަކުރެވޭ ބައްޔެއް ނޫންކަމުން ބަލި ކޮންޓްރޯލް ކުރެވޭތޯ ދިރިއުޅުމުގެ އާދަތަކަށް ބަދަލުގެނެސްގެން މަސައްކަތްކުރުމެވެ. އެގޮތުން ބަރާބަރަށް ކަސްރަތުކުރުމާއެކު ކެއުމަށް މުހިންމު ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަންޖެހެއެވެ. ހަމައެއާއެކު ފިކުރުކުރުމާއި ހާސްކަމުން ދުރުވެ ސާފުތާހިރު ކަމަށް އިސްކަން ދިނުން ވަރަށް މުހިންމެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.