• Sun, 12 July, 2020, 5:27 pm

    އެފްއޭ ކަޕް: ސެމީގައި ޔުނައިޓެޑާއި ޗެލްސީ، ސިޓީއާ ދެކޮޅަށް އާސެނަލް

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީއާ ބައްދަލުކުރަން ޖެހި، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް އާސެނަލް ނުކުންނަށް ޖެހިއްޖެއެވެ.

    ސެމީގެ ފުރަތަމަ ޖާގަ މެންޗެސްޓާ ޔުނައިޓެޑުން ހޯދާފައިވާއިރު ރޭ ކުޅުނު ކުއާޓާފައިނަލްގެ ފަހު ތިން މެޗުން ސެމީގެ ފަހު ތިން ޖާގަ ކަށަވަރުކުރީ އާސެނަލާއި ޗެލްސީ އަދި ސިޓީއެވެ.

    ސެމީގެ ފުރަތަމަ ޖާގަ އިއްޔެ ޔުނައިޓެޑް ހޯދީ ފުރިހަމަ ވަގުތު ހަވަމުވުން ކުޅުނު އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ހެރީ މެގުއާގެ ގޯލުން 2-1 އިން ނޯވިޗް ސިޓީ ބަލިކޮށްގެންނެވެ.

    ސެމީގެ ދެވަނަ ޖާގަ އާސެނަލުން ކަށަވަރުކުރީ ފަހުވަގުތު 2-1 އިން ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސެނަލުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ އައިވަރީ ކޯސްޓުގެ ވިންގް ނިކޮލަސް ޕެޕޭއެވެ.

    ނަމަވެސް މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޝެފީލްޑުގެ ޑޭވިޑް މެކްގޯލްޑްރިކް ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި މެޗުން އާސެނަލް މޮޅުވީ ފަހުވަގުތު ޑެނިއަލް ސެބާއޯސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

    ޗެލްސީން ސެމީގެ ތިން ވަނަ ޖާގަ ކަށަވަރު ކުރީ ރަށުން ބޭރުގައި ލެސްޓާ ސިޓީގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ވިލިއަންގެ އެހީއާއެކު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮސް ބާކްލީއެވެ.

    ސެމީގެ ފަހު ޖާގަ ސިޓީން ކަށަވަރުކުރީ ނިއުކާސަލްގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު، މެޗުގެ 37 ވަނަ މިނެޓުގައި ސިޓީއަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މިޑްފީލްޑަރު ކެވިން ޑި ބްރޭނާއެވެ. މި މެޗުގައި ސިޓީއަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 68 ވަނަ މިނެޓުގައި ފިލް ފޯޑެންގެ އެހީއާއެކު ރަހީމް ސްޓާލިންއެވެ.

    ސެމީގެ ގުރުލުން ކުރިއަށް ގެންގޮސްފައިވަނީ އާދީއްތަ ދުވަހުގެރޭއެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި އާސެނަލާއި ސިޓީ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ޔުނައިޓެޑް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅޭނީ ވެމްބްލީ ސްޓޭޑިއަމްގައެވެ.

    ސެމީގެ ފުރަތަމަ މެޗު ޖުލައި 18 ގައި ކުޅޭއިރު ދެ ވަނަ ސެމީ އޮންނާނީ ޖުލައި 19 ވަނަ ދުވަހުއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅެން ޝެޑިއުލްކޮށްފައިވަނީ އޮގަސްޓް އެކެއްގައެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.