• Sun, 12 July, 2020, 5:04 pm

  ސީއެސްސީން އާމިރާ ނޫން ހުރިހާ މެންބަރުން ވަކިކުރަން ފާސްކޮށްފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއެކު ހަަތަރު މެންބަރަކު އެ ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

  މިގޮތަށް ނިންމީ މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.

  ސީއެސްސީގެ ހަތަރު މެންބަރުން މަގާމުން ވަކިކުރަން ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) އެވެ.

  ސިވިލް ސާވިސް ކޮމިޝަނުން ވަކިކުރަން ކޮމެޓީން ފާސްކުރި ބޭފުޅުންނަކީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް، ކޮމިޝަންގެ ނާއިބުރައީސް ޝަހީދު މުހައްމަދު އަދި ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިނާއި އިބްރާހީމް ޝަހީގެވެ.

  މި ބޭފުޅުން ކޮމިޝަނުން ވަކިކުރުމަށް ކޮމިޓީގައި ވޯޓަށް އެހީ ވަކިވަކިންނެވެ. ޑރ.ޝަމީމް ވަކިކުރުމަށް ފާސްވީ ހަތް މެންބަރުންގެ ވޯޓުންނެވެ. ޝަހީދު ވަކިކުރުމަށް ފާސްވީ ފަސް މެންބަރުންގެ ވޯޓުންނެވެ. ދެން ތިއްބެވި ދެ މެންބަރުން ވަކިކުރުމަށް ވެސް ހަތް މެންބަރުން ވޯޓު ދެއްވިއެވެ.

  މި ހަތަރު މެންބަރުން ވަކިކުރުމަށް ކޮމިޓީން މީގެ ކުރިން ވެސް ނިންމިއެވެ. ނަމަވެސް އެފަހަރު އެ ނިންމުން ނިންމީ ކޮމިޓީގައި މަދު މެންބަރުންކޮޅެއް ތިއްބަވައިގެން ކަމުގައި ވާތީ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލީއެވެ.

  ސިވިލް ސާވިސް ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަކިކުރުމަށް ކޮމިޓީން ނިންމިއިރު، ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ އަނެއް މެންބަރު ފާތިމަތު އާމިރާގެ މައްސަލަ ވެސް އޮތީ ކޮމިޓީގައެވެ. އަދި މިހަތަރު މެންބަރުންނާއެކު އާމިރާ ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީން ކުރިއަށް ގެންދިއުމަށް އޮތީ ނިންމާފައެވެ. ނަމަވެސް އާމިރާ ކޮމިޝަނުން ވަކިކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.

  ސީއެސްސީގެ މެންބަރުކަމުން އާމިރާ ވަކިކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެންބަރުންގެ ތެެރެއިން ފަސް މެންބަރުން ވޯޓު ދެއްވީ އާމިރާ ވަކިކުރަން ނުފެންނަ ކަމަށެވެ.

   

   

   

   

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.