• Sun, 12 July, 2020, 5:02 pm
  ވިލިމާލޭ ބަނދަރުމަތީގައި އުމުރުން ދުވަސްވީ މީހަކު އިނށީންދެލައިގެން --- ފޮޓޯ: ޕީއެސްއެމް

  ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޖުލައި 14ގެ ނިޔަލަށް އިތުރުކޮށްފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 14ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

  އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އެ މުއްދަތު އެންމެ ފަހުން އިތުރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެއީ މިއަދުގެ ނިޔަލަށެވެ.

  ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށާއި އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލު ކުރެވޭ ކަމަށް ލަފާ ދެއްވާފައިވާ ކަމަށެވެ.

  އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިއަހަރުގެ މާރިޗް 12 އިން ފެށިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 14 ޖުލައިގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ގަރާރުގައި ވިދާޅުވެފައިވެއެވެ.

  މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނި، ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާކަން އިއުލާންކޮށް މާލެ ސަރަހައްދު ލޮކްޑައުން ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް ލޮކްޑައުންގައި ހިފަހައްޓާފައިވާ ބައެއް ކަންކަމަށް ސަރުކާރުން ދަނީ ލުއިތަކެއް ދެމުންނެވެ.

  އެގޮތުން ލުއި ދިނުމުގެ ދެވަނަ މަރުހަލާ މިހާރު ކުރިއަށްދާއިރު އަންނަ މަހުން ފެށިގެން އިތުރު ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުން ހިމެނެއެވެ.

  ރާއްޖެއިން މިހާތަނަށް 2337 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އެބަލިން ރަނގަޅުވި މީހުންގެ އަދަދު 1927 އަށް އަރާފައިވާއިރު ބަލި ޖެހިގެން މިވަގުތު ފަރުވާ ދެމުން އަންނަނީ 397 މީހެކެވެ. އަދި އެބަލި ޖެހިގެން މިހާތަނަށް މަރުވެފައިވަނީ އަށް މީހެކެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީއެކެވެ. މަރުވި ދިވެހިންގެ ތެރޭގައި ގިނައީ އުމުރުން 80 އަހަރުން މަތީގެ މީހުންނެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.