• Wed, 8 July, 2020, 6:29 pm
  މާލޭގެ މިސްކިތެއްގެ ތެރޭގައި ބަޔަކު ނަމާދު ކުރަނީ --- ފޮޓޯ: އަވަސް

  މާލޭގައި ޖަމާއަތް ފަށާނީ މާދަމާގެ މަޣުރިބުން، ހަތް މިނެޓަށް ވުރެ ދިގު ނުކުރަން އެދޭ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދު ކުރަން ފަށަން ހަމަޖެހިފައި ވަނީ މާދަމާގެ މަޣްރިބު ނަމާދުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

  މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑަށް ޕޮޒިޓިވް މީހަކު ފެނުމުން މިސްކިތުގެ ޖަމާއަތް ފުރަތަމަ މެދުކަނޑާލާފައިވަނީ މާލެ ސަރަހައްދުގައެވެ. އެއަށްފަހު އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި މިސްކިތުގެ ޖަމާއަތް މެދުކަނޑާލިއެވެ. އަދި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ ހުރިހާ ރަށެއްގައި ވެސް މިސްކިތުގެ ޖަމާއަތް މެދުކަނޑާލިއެވެ.

  ނަމަވެސް ކޮވިޑް 19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށާއި މޮނިޓަރިން އުވާލުމަށްފަހު 14 ދުވަސް ހަމަވެފައިވާ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ފަހުން ދިނެވެ. އަދި ލޮކްޑައުންއަށް ދިން ލުއިތަކާއެކު މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ޖަމާއަތް ނުހަދައި ނަމާދު ކުރެވޭ ގޮތަށް މާލެ ސަރަހައްދުގެ މިސްކިތްތައް ވެސް ވަނީ ހުޅުވާލައިފައެވެ.

  އިސްލާމިކް މިނިސްޓްރީން މިރޭ ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަަޅުގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރަން މާދާ ރޭގެ މަޣްރިބް ނަމާދާއެކު ފަށާނެ ކަމަށެވެ. ނަމަވެސް މިސްކިތްތަކުގައި ޖަމާއަތް ހަދާއިރު ސިޓީ ކައުންސިލުންނާއި މިސްކިތްތަކަށްދާ މީހުން އަދި އިމާމުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވަނީ އަންގައިފައެވެ.

  ކައުންސިލުން ސަމާލުކަންދޭންވީ ކަންކަން

  • ހުޅުވާލާ މިސްކިތްތަކުގައި ކާޕެޓް އަޅާފައި ނެތުން
  • ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުން
  • ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުން
  • ބޭނުންކުރަން ޖެހިއްޖެ ހާލަތެއް ނޫނީ އެއާކޯން ބޭނުން ނުކުރުން
  • އެއާކޯން ބޭނުން ކުރާނަމަ، ދޭތެރޭ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވުން

  މިސްކިތަށްދާ މީހުން ސަމާލުވާންޖެހޭ ކަންކަން

  • ގެއިން ވުލޫ ކޮށްގެން ދިއުން
  • މުސައްލަ ގެންދިއުން، އެ މީހެއްގެ މުއްސަލާގައި ނޫނީ ނަމާދު ނުކުރުން
  • މާސްކް އެޅުން
  • މިސްކިތަށް ވަނުމާއި ގައިދުރުކަން ބެހެެއްޓުން
  • ބަލި މީހުން މިސްކިތަށް ނުދިއުން
  • ނަމާދު ނިމުމުން މިސްކިތުގައި މަޑު ނުކުރުން
  • މިސްކިތުގެ ހަތިމްތައް ބޭނުން ނުކުރުން

  އިމާމުން ސަމާލުވާންވީ ކަންކަން

  • ބަންގިއަށްފަހު ފަސް މިނެޓް ތެރޭގައި ގަމަތްދީ ނަމާދު ފެށުން
  • އެއްވެސް ނަމާދެއް ހަތް މިނެޓަށްވުރެ ދިގު ނުކުރުން
  • ނަމާދުގައި ސޫރަތުލް ފާތިހާ ފިޔަވައި ލުހާ ސޫރަތުން ތިރީގެ ސޫރަތްތައް ކިޔެވުން

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.