• Mon, 10 August, 2020, 11:20 pm

  ކީރިތި ރަސޫލާ ހަދީޡް ކުރެއްވިއެވެ. ''އެންމެ ހެޔޮ މީހަކީ އަނބިންނަށް އެންމެ ހެޔޮ މީހާއެވެ''

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  އަންހެނުންނަކީ ވަރަށް ބޮޑު އަމާނާތެކެވެ. ޖިންސާމީ ގޮތުން ވިޔަސް އަދި ނަފްސާނީ ގޮތުން ވިޔަސް އަންހެން މީހާއަށް އަނިޔާ ކުރުން ހުއްދަވެގެނެއް ނުވެއެވެ. އޭގެ ބަދަލުގައި އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަސިއްޔަތެއް ކުރެއްވިއެވެ. މި ވަސިއްޔަތް ހައްޖަތުލް ވަދާއުގައި ތަކުރާރު ކުރެއްވިއެވެ. އަބޫ ހުރެއިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން އަލްބުޚާރީ ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޡް ކުރެއްވިއެވެ. "ތިޔަބައިމީހުން އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިމަން ކަލޭގެފާނު ވަސިއްޔަތް ކުރައްވަމެވެ."

  އެގޮތުން ފިރިިހެނުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ތިމާގެ އަނބިމީހާއަށް ހެޔޮ މީހާކަން ބަޔާން ކުރައްވައި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ތިޔަބައިމީހުންގެ އަނބިންނަށް އެންމެ ހެޔޮ މީހާއެވެ."

  ކައިވެންޏަކީ އަންހެން ކުއްޖެއްގެ ހަޔާތުގައި އެންމެ މުހިންމު އެއް ނިންމުމެވެ. އެކަމުގައި އިސްލާމް ދީނުގައި އަންހެން ކުއްޖާއަށް ވަރަށް ބޮޑަށް އިހްތިޔާރު ދެއްވާފައިވެއެވެ. އެކުދިން ރުހޭ މީހަކާ ކައިވެނި ކުރުމުގެ ހައްގު ވަނީ ދީފައެވެ. އަދި ހަމައެކަނި މައިންބަފައިން ރުހޭ މީހަކާ މަޖުބޫރުން ކާވެނި ކުރުވުން ހުއްދަ ވެގެންނެއް ނުވެއެވެ. އަދި އަންހެނުންނަށް އަނިޔާ ލިބޭނެ ހުރިހައި ކަމަކުން ރައްކާތެރިކުރެއްވިއެވެ. ފިރިމީހާ އަށް އަނިޔާރިވެރުން ނަހީކުރެއްވިއެވެ. ހެޔޮ ގޮތުގައި އެކަނބަލުންނާއެކު އުޅެވެން ނެތްނަމަ އެކަނބަލުން ހެޔޮ ގޮތުގައި ދޫކޮށްލުމަށް އަމުރުކުރެއްވިއެވެ.

  އެކަމާމެދު ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހެޔޮ ގޮތުގައި ތިޔަބައިމީހުން އެކަނބަލުން (ރުޖާއަކޮށް) ހިފަހައްޓާށެވެ! ނުވަތަ، ހެޔޮ ގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ! އަދި ގެއްލުން ދިނުމުގެ ގޮތުން އަނިޔާވެރިވުމަށްޓަކައި އެކަނބަލުން ނުހިފަހައްޓާށެވެ!"

  މާތް ﷲ ވަހީކުރައްވާފައިވާ އިތުރު ބަސްފުޅެއްގެ މާނައިގައިވެއެވެ. "ވަރިކުރުން އޮތީ ދެފަހަރުއެވެ. ދެން އޮތީ ހެޔޮ ގޮތުގައި (އެކަނބަލުންނާ) އިނދެގެން އުޅުމެވެ. ނުވަތަ ހެޔޮކޮށް ހިތުމާއެކު (އެކަނބަލުން) ދޫކޮށްލުމެވެ،"

  މިއީ ﷲގެ އަމުރުފުޅެވެ. މިނޫން ގޮތަކަށް ކަންތައް ކޮށްފި މީހަކީ ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް އަނިޔާވެރި ވެއްޖެ މީހެކެވެ. އެއީ ﷲގެ ރުހިވޮޑިގަތުން އޭނާއަށް ނުލިބޭނެތީއެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.