• Sat, 15 August, 2020, 4:22 pm

  ޑާކްރެއިންގެ ފިލްމްތަކުން ޖުމައްޔިލް ވަކިކޮށްފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ޑާކްރެއިން އެންޓާޓެއިންމެންޓް ފިލްމްތަކުން ފިލްމީ ތަރި، ޖުމައްޔިލް ނިމާލް ވަކިކޮށްފިއެވެ.

  ޑިސެމްބަރު 2016 ގައި، އޭރު އުމުރުން 17 އަހަރުގައި އޭނާގެ ދެބެންގެދެދަރި ބޭބެ ޖުމައްޔިލްގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ބުނެ އަންހެނަކު ވަނީ ޓްވިޓާގައި އެ ހާދިސާ ހިނގި ގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދީފައެެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭރު ޖުމައްޔިލްކުރި އަނިޔާ އަށް އިންސާފު ނުލިބުނީ، ޕީޖީ އޮފީހަށް މައްސަލަ ދިޔަ ހިސާބުން، ބާރުގަދަ ބަޔަކު މެދުވެރިކޮށް ނުފޫޒު ފޯރުވައިގެން އެ ކަންތައް އޮއްބާލީމައެވެ.

  އެކަމާ ގުޅިގެން ޖުމައްޔިލަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ނަމަވެސް މިކަމާ ގުޅިގެން ޖުމައްޔިލް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

  ޑާކްރެއިން އެންޓަޓެއިންމަންޓުގެ ގިނަ ފިލްމުތަކަކުން ފެނިގެންގޮސްފައިވާ ޖުމައްޔިލްއާ ގުޅޭގޮތުން އެ ޕްރޮޑަކްޝަން ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ، ޖުމައްޔިލްއާ ގުޅިގެން ކޮށްފައިވާ ކަންބޮޑުވާންޖެހޭ ތުހުމަތުތައް އެ ކުންފުންޏަށް އެނގުނީ އެ ތުހުމަތުތައް ސޯޝަލް މީޑިއާގައި އާންމުވުމުން ކަމަށެވެ.

  ނަމަވެސް ޑާކްރެއިނުން ޖުމައްޔިލްއާއެކު އެންމެ ފަހުން އުފެއްދި ފިލްމު އޭރުވަނީ ހުރިހާ މަސައްކަތެއް ނިމި މި ޖުލައިގައި އަޅުވަން ތައްޔާރުވެފައި ކަމަށާއި މި ތުހުމަތުތަކާއެކު މިހާރު ކުރުމަށް ހަމަޖެހިފައި ހުރި މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

  "މިފަދަ އަމަލެއްގެ ތުހުމަތު ކުރެވުމާ ހަމައިން ޖުމައްޔިލް އާއެކު މިހާރު ކުރުމަށް ހަމަޖެހިފައިވާ އެންމެހާ މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާކަން އާއްމުކޮށް އަންގަން" ޑާކްރެއިންގެ ބަޔާނުގައި ބުނެފައިވެއެވެ.

  ޑާކްރެއިނުން ބުނީ، އެ ޓީމުން ޖިންސީ ގޯނާ އާއި ރޭޕްގެ އެއްވެސް އަަމަލެއް އަދި އެކަމަށް ހިތްވަރުދޭ އެއްވެސް ވިސްނުމެއް ވެސް ގަބޫލު ނުކުރާނެ ކަމަށާއި އަނިޔާގެ ޝިކާރަައަކަށްވެފައިވާ ފަރާތްތަކާއެކު އެ ކުންފުނިން އަބަދުވެސް ވާނެ ކަމަށެވެ.

  ޖުމައްޔިލް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ވާށޭ މަށާ އެކީ" އާއި "ވަކިން ލޯބިން" ފަދަ ފިލްމުތަކަކީ ޑާކްރެއިންގެ ފިލްމުތަކެވެ.

  ޖުމައްޔިލްގެ ފަރާތުން އަނިޔާ ތަހައްމަލްކުރި ކަމަށް ބުނާ މީހާ ބުނިގޮތުގައި އެކަން ހިނގި ގޮތް އާއްމުކޮށް ކިޔައިދިނުމުގެ ހިތްވަރު ހޯދީ ވަރަށް އުނދަގުލުންނެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް، އެ ބިރުވެރި ހާދިސާގެ ކޮންމެ ސިކުންތެއް، އިއްޔެވީ ކަމެއް ފަދައިން، ވަރަށް ރަނގަޅަށް ހަނދާން އެބަހުރި ކަމަށާއި އެ ހާދިސާއާ ގުޅިގެން ނަފްސާނީ މައްސަލަތައް ދިމާވެ، ޑިޕްރެޝަނަށް ފަރުވާ ހޯދަން ޖެހުނު ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.