• Sat, 15 August, 2020, 3:15 pm
    މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ވަން އޮންލައިން

    ކޮވިޑް ޖެހުނުއިރު ވެރިކަމުގައި އެމްޑީޕީ އޮތުމަކީ ދިވެހިންނަށް ލިބުނު ބޮޑު ނަސީބެއް: ނަޝީދު

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ކޮވިޑް-19 ޖެހުނުއިރު ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ އޮތުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު އެއް ނަސީބު ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

    މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑާ ގުޅިގެން މުޅި ރާއްޖެ މިއަދު މިއޮތީ ދަތިކަމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެދަތިކަމުގައި އެމްޑީޕީ އަބަދަކު ނުތިބޭނެ ކަމަށާއި ޕާޓީގެ އުންމީދުތަކާއި ވައުދުތަކާއެކު ރާއްޖޭގެ ރައްޔިތުން ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދޭން އެމްޑީޕީ ނުކުންނާނެ ކަމަށް ވިދާޅުވިއެވެ.

    އަދި ވިދާޅުވީ، ރޯގާ ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅުއްވަމުން ގެންދެވި ހަރުދަނާ ފިޔަވަޅުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްު މައިމޫނާ އަބޫބަކުރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

    "ދިވެހީންނަށް މިއަދު ދިމާވެފައި އޮތް އެންމެ ބޮޑު އެއް ނަސީބަކީ އިރާދަކުރައްވައިގެން މިއަދު މިކޮވިޑްގެ ބޮޑު ރޯގާ ޖެހުނުއިރު އެރައްޔިތުންގެ މައްޗަށް ވެރިކަންކުރާން ތި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓިގެ މެންބަރުން ތިއްބެވިކަން. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައީސްކަމުގެ މަގާމުގައި ހުންނެވިކަން. އެބޭފުޅާގެ ކެބިނެޓް މަސައްކަތްކުރައްވަމުން ގެންދިޔަކަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

    އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ވެރިކަމާ ދެވަނަ ފަހަރަށް އެމްޑީޕީން ހަވާލުވީ ތަންދޮރު އެނގިގެން ކަމަށާއި އެކަމުގެ ތަޖުރިބާއާ ވެސް އެކުގައި ކަމަށެވެ. އަދި އެމްޑީޕީއަކީ ވައުދުވެ، ވައުދު ފުއްދާ ޕާޓީއެއްކަން ފާހަގަކުރައްވާ ވިދާޅުވީ، ޕާޓީއަށް މިއަދު 15 އަހަރު ފުރުނުއިރު ލިބުނު ކާމިޔާބީއަކީ އެމްޑީޕީން ބޭނުންކުރި ފަލްސަފާ ރާއްޖޭގައި ބޭނުން ކުރަމުން ދިއުން ކަމަށް ވެސް ވިދާޅުވިއެވެ.

    "ފަނަރަ އަހަރުވީއިރު ކޮބައިތޯ މިޕާޓިގެ ކާމިޔާބީއަކީ؟ ކޮބައިތޯ އަޅުގަނޑުމެންގެ ވާދަވެރިން، ރޫޅި ނިމިއްޖެ. އަޅުގަނޑުމެންނަށް ރައްދުދިނުމަށް ރާއްޖޭގައި ބޭނުންކުރަނީ އެމްޑީޕީގެ ބަހުރުވަ، އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ފަލްސަފާ. ސިޔާސީ މަސްރަހަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ. އެކަމަށް ކުޑަ ވެސް ޝައްކެއް ނުހިނގާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.