• Sat, 15 August, 2020, 3:24 pm

  ސީލް ކުންފުނީގެ މީހަކު ހައްޔަރުނުކުށް ހެކިތަކަށް ނުފޫޒް ފޯރުވަން ދޫކޮށްލާފައި ހުރީތީ ކަންބޮޑުވޭ: ނައުޝާ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ދާދިފަހުން ބ.އަތޮޅު ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ބިދޭސީންނާއި މެދު ކަންކޮށްފައިވާ ގޮތާއި މެދު ގިނަ ކަންބޮޑުވުންތަކެއް ހުރިކަމުގައި ބިދޭންސީންގެ ގާނޫނީވަކީލް އާމިނަތު ނަޝްއާ އާދިލް ވިދާޅުވެއްޖެއެވެ.

  ގާނޫނީ ވަކީލު އާމިނަތު ނައުޝާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ބ. އަތޮޅު ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން 19 ބިދޭސީއެއްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ބަންދުގެ މަޖިލީސް ކުރިއަށް ގެންދިޔައީ ތަރުޖަމާނެއް ހަމަޖައްސައި ނުދީކަމަށެވެ. އަދި ގާނޫނީ ވަކީލު ނައުޝާ ވިދާޅުވީ ބ. އަތޮޅު ބޮޑުފިނޮޅުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީންނަށް މުއްދަތު ޖަހާ މިހާރު ބަންދުގައި ބައިތިއްބާފައިވާއިރު ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދިޔަ 200 ވަރަކަށް ބިދޭސީންނަށް ބިރުދައްކައި އޭގެ ފަހުން މާރާމާރީ ހިންގުމަށް މަސައްކަތްކުރި ސީލް ކުންފުނީގެ މީހަކު ހައްޔަރުނުކޮށް ހެކިތަކަށް ނުފޫޒު ފޯރުވޭގޮތަށް ދޫކޮށްލާފައި ހުރިހުރުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. އެހެންކަމުން އެކަން އެހެންކަމުން އެމައްސަލަ ޖޭއެސްސީއަށް ހުށައަޅުއްވާނެ ކަމަށެވެ.

  އެގޮތުން ބިދޭސީންނަށް ބިރުދައްކާފައިވާ މައްސަލަ އާއި 200 އެއްހާ ބިދޭސީންތަކެއްގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް ސީލްމޯލްޑިވްސްގެ މުވައްޒަފަކު ޢަމަލުކޮށްފައި ވާއިރު، އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެކަން ކުށްވެރި ކުރާ ކަމަށްވެސް ގާނޫނީވަކީލް އާމިނަތު ނައުޝާ ނެރުއްވި ބަޔާނުގައި ވެއެވެ.

  އަދި މި ކަމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ގާނޫނީ ވަކީލުގެ ވަނީ ވިދާޅުވެފައެވެ.

  އަދި މި މައްސަލަ ބ.އަތޮޅު ޖުޑީޝަލް ދާއިރާއިން އިންސާފުން ކުރިއަށްގޮސްދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ ގާނޫނީ ވަކީލު ބަޔާނުގައި ބުނެފައިވަނީ ސީލް މޯލްޑިވްސް ކުންފުނީގެ ޙިއްސާދާރުންނަކީ، ބ.އަތޮޅަށް ނިސްބަތްވާ ވިޔަފާރިވެރިން ކަމުގައިވެފައި، ބިރުދައްކައި ހަމަނުޖެހުން ހިނގާނެ ކަމަށް މީގެ ކުރިންވެސް ރިޕޯޓު ކޮށްފައިވާއިރު، ބ.އަތޮޅު ޕޮލިސްޓޭޝަންގެ ފަރާތުންވެސް ހަމަނުޖެހުންތައް ހިނގުމާއި ހަމައަށް ފިޔަވަޅެއް އަޅާފައި ނެތުމެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.