• Thu, 26 November, 2020, 4:57 am

  ހެނދުނުގެ ނާސްތާ ވަރަށް މުހިންމު، ނޫނީ ބަނޑުގައި ވައި ހެދި ގޮހޮރު ފާރުވުމަށް މަގުފަހިވޭ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ދުވަހުގެ އެންމެ މުހިންމު އަދި އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކެއުމަކީ ހެނދުނުގެ ނާސްތާ އެވެ. ހަށިގަނޑަށް ފައިދާ ހުރި ކާނާއެއް ހެނދުނުގެ ނާސްތާއަށް ބޭނުންކުރުމަކީ މުޅި ދުވަހުގެ ހަރަކާތްތައް ރަނގަޅަށް ފެށުމަށް ލިބޭ ވަރަށް މުހިންމު ބާރެކެވެ. ނަމަވެސް އަޅުގަނޑުމެންގެ މި މުޖްތަމައުގެ ވަރަށް ގިނަ މީހުން ހެނދުނުގެ ނާސްތާއަށް ސަމާލުކަމެއް ނުދީ ދޫކޮށްލަ އެވެ. ބޮޑެތި މީހުންނާއި ސްކޫލް ކުދިން ވެސް ހެނދުނުގެ ނާސްތާ ދޫކޮށްލުމަށް ވަނީ އާދަވެފަ އެވެ.

  ހެނދުނުގެ ނާސްތާއަކީ ރޭގަނޑުގެ ނިދީގައި ހޭދަކުރާ ދިގު ވަގުތުތަކުގައި ގޮހޮރު ހުސްކޮށް އޮތުމަށްފަހު އެތެރެކުރެވޭ ކާނާގެ އެތިކޮޅަކަށްވާއިރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ހެދިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ސްކޫލް ކުދިންގެ ތެރެއިން 02 އިންސައްތަ ކުދިން ސްކޫލަށް އަންނަނީ ހެނދުނު ނާސްތާ ނުނަގަ އެވެ. އަދި އޮފީސްތަކަށް ދާ ބޮޑެތި މީހުންގެ ތެރެއިން ބޮޑު ނިސްބަތެއް ދަނީ ހެނދުނުގެ ނާސްތާ ނުކޮށެވެ.

  ރޭގަނޑުގެ ނިދިން ތެދުވެ ދުވާލުގެ މަސައްކަތްތަށް ފެށުމަށް ހަކަތަ ބޭނުންވެ އެވެ. ސިކުނޑި އާއި އަދި ހަށިގަނޑުގެ މުހިއްމު އެހެނިހެން ގުނަވަންތަކަށް ބޭނުންވާ ހަކަތަ ލިބި ހަށިގަނޑުގެ މަސައްކަތްތައް ފަށައިގަތުން ހުއްޓިފައި އޮންނާނީ ހެނދުނު މިކެވޭ ކާއެތިކޮޅެއްގެ ސަބަބުންނެވެ. ސިކުނޑިއަށް ބޭނުންވާ ހަކަތަ އަކީ ހަމައެކަނި ގުލްކޯޒު އަންދައިގެން ލިބޭ ހަކަތަ ކަމަށްވާއިރު އެންމެ ކުޑަމިނުން ސައިތަށްޓެއް ވެސް ނުބޮއެ، އޮފީހަށް ދިއުމުން ދެންވާނެ ގޮތް ނިކަން އަމިއްލަފުޅަށް ތަޖުރިބާކޮށްލުން ކިހިނެއްތޯއެވެ.؟

  ބޮލުގައި ރިހުމާއި، މޭ ނުބައި ކުރުމާއި، ބަނޑުގައި ރިހުމުގެ ތެރެއިން އޮފީހުގެ ދުވަހުގެ މަސައްކަތަށް ދެވޭނެ ސަމާލުކަމެއް އޮންނާނެތޯ އެވެ؟ ހެނދުނު ސައި ނުބޮއެ އޮފީހަށް އަންނަ ގިނަ މީހުންގެ ފަރާތުން ފެނިގެންދާނީ މަސައްކަތަށް ފޫހިވުމާއި ބޭކާރުކަންކަމުގައި އަވަހަށް ރުޅި އައުމުގެ އިތުރުން ހާސްކަމެވެ.

  އެހެންކަމުން ހެނދުނު ނާސްތާގެ ގޮތުގައި ކާހިތްވާ ކަހަލަ ކޮންމެ އެއްޗެއް ވެސް ބޭނުންކުރުން މުހިންމެވެ. އާއްމުކޮށް ކާނާގެ ބައިތަކުގެ ތެރެއިން ހުރިހާ ބައިތަކެއް އެކުލެވޭ ކާނާއެއް އިޚުތިޔާރުކުރުމަކީ ރަނގަޅު ކަމެކެވެ. ހެނދުނުގެ ނާސްތާގައި ކޮންމެހެން ހުންނަންޖެހޭނެ ކަމަށް ޑައިޓިޝަނުން ލަފާ ދެއްވާ ބައިތަކަކީ ރޮށި ނުވަތަ ޕާން ނުވަތަ އެ ބާވަތުގެ އެއްޗެކެވެ. ކައްކާފައި ހުންނަ ބިސް، ޕީނަޓް ބަޓާ، މަހުގެ ބާވަތެއް ވެސް ރަނގަޅުވާނެ އެވެ. ކިރުގެ ވައްތަރެއް، ދިޔާކިރު ނުވަތަ ހިކި ކިރު، ނުވަތަ ޔޯގަޓް ނުވަތަ ޗީޒް ވެސް ކަމުދާނެ އެވެ. ކޮންމެވެސް ވައްތަރެއްގެ މޭވާއެއް ނުވަތަ މޭވާގެ ޖޫހެއް ވެސް ރަނގަޅުވާނެ އެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.