• Sat, 15 August, 2020, 3:19 pm
  ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ --- ފޮޓޯ: ރައީސް އޮފީސް

  "އަންހެނުންނާއި ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ އެއް މުއައްސަސާއަށް އެކަނި ވާނެކަމެއް ނޫން"

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  އަންހެނުންނާއި ކުޑަކުދިންނަށް ކުރަ ތަފާތު އެކި އަނިޔާތައް ހުއްޓުވުމަކީ އެއް މުއައްސަސާއަކަށް އެކަނި ކުރެވޭނެ މަސައްކަތްތެއް ނޫން ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

  މިނިސްޓަރު އެހެން ވިދާޅުވީ، ޖެންޑާ މިނިސްޓްރީ އާއި ޔުނިސެފް ގުޅިގެން މިއަދު ބޭއްވި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި ސްޓޭކް ހޯލްޑާ ކޮންސަލްޓޭޝަން ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

  މިނިސްޓަރު ވިދާޅުވީ، އެފަދަ އަނިޔާތައް ހުއްޓުވުމަށް، ކަމާއި ގުޅުންހުރި މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަތުމަށާއި އެ ނިޒާމުގައި ހުރި ބާގަނޑުތައް ދެނެގަނެ އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމަކާ ދިމާއަށް ދިއުމަށް މަސައްކަތްކުރުމާއި މުޖުތަމައުގައި އެފަދަ މީހުންނަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަނެ އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

  "މިފަދަ މަސައްކަތްތަކަކީ އެކަނި އެއް މުއައްސަސާއަކަށް ކުރެވޭނެ މަސައްކަތެއް ނޫން. މިއީ މުޖުތަމައުގެ އަފްރާދުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ ކަމާބެހޭ އެންމެހާ އިދާރާތައް އެކުގައި މަސައްކަތްކޮށްގެން މެނުވީ ނުހުއްޓުވޭނެ މަސައްކަތެއް،" މިނިސްޓަރު ވިދާޅުވިއެވެ.

  މިނިސްޓަރު އިތުރަށް ވިދާޅުވީ، މަގުމަތިން ފޮށުނަސް ވަގުތުން ކައިރީގައި ތިބި ބަޔަކު އެކަން ހުއްޓުވަންޖެހޭ ކަމަށާއި ޖިންސީ އަނިޔާ ލިބޭ ވާހަކަ އަޑުއިވޭ އިރަށް ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަށް އެހީތެރިވެދޭން ޖެހޭ ކަމަށެވެ.

  އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރުމާއި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތުގައި އެފަރާތްތަކުގެ އަޑު އުފުލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެފަދަ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ އެކި ފަރާތްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން ޔުނިސެފާއި އޭޖީ އޮފީހާއި ޕީޖީ އޮފީހުގެ އިތުރުން ފުލުހުން އަދި މަދަނީ ޖަމިއްޔާތަކުން ބައިވެރިވެފައިވެއެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.