• Sat, 15 August, 2020, 3:48 pm
    ކޮވިޑް-19އާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް -- ފޮޓޯ: ރައީސް އޮފީސް

    އަހަރީ ފީ ނުދައްކައިގެން، 4،900 އަށް ވުރެ ގިނަ ކުންފުނި އުވާލައިފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ސަރުކާރަށް ދައްކަންޖެހޭ އަހަރީ ފީ ނުދައްކައިގެން، 4،900 އަށް ވުރެ ގިނަ ކުންފުނި އިކޮނޮމިކް މިނިސްޓްރީން އުވާލައިފި އެވެ.

    އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ކުންފުނި އުވައިލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތައް ކަނޑައަޅައި، 1979 އިން 2018 ގެ ނިޔަލަށް ޖުމްލަ 6070 ކުންފުންޏެއް ރެކޯޑް ކުރެވުނު ކަމަށެވެ.

    އެގޮތުން އެއިން ކުންފުންޏެއް ހިންގަން ބޭނުންވާނަމަ، އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހޭ އިންތިޒާމްތައް ފުރިހަމަކުރުމަށްފަހު، މިނިސްޓްރީއަށް އެންގުމަށް އެދި މިދިޔަ އަހަރުގެ ޖޫން 20 އިން ޑިސެމްބަރު 3 އާ ދެމެދު އިއުލާނެއް ކޮށްފައިވާނެ ކަމަށާއި އަދި އެ ކުންފުނިތަކުގެ ތެރެއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްނަމަ ނުވަތަ އެއިން އެއްވެސް ކުންފުންޏަކުން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ ހުށަހަޅާ ދައުވާއެއް އޮތްނަނަމަ އެކަމާ ގުޅޭ ތަފްސީލެއް ވެސް މިނިސްޓްރީއަށް ފޮނުވުމަށް ވެސް މުހުލަތެއް ދެވުނު ކަމަށެވެ.

    އިކޮނޮމިކް މިނިސްޓްރީން ބުނީ، ކުރި އިއުލާނުތަކާ ގުޅިގެން ޖުމްލަ 111 ކުންފުންޏެއް ހިންގުމަށް ބޭނުންވާ ކަމަށް އެކުންފުނިތަކުން އަންގާފައިވާ ކަމަށެވެ. އަދި 1017 ކުންފުންޏަކާ ގުޅޭ އެކި މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އެގޮތުން ބިދޭސީން ރާއްޖެއަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކޮށްފައި ނެތް ކުންފުނިތަކާއި އެކި ހިދުމަތްތަކަށް ފައިސާ ނުދައްކާ ކުންފުނިތަކާއި ޝަރުއީ ކޯޓެއްގައި މައްސަލައެއް ބަލަމުންދާ ކުންފުނިތައް ހިމެނޭ ކަމަށެވެ.

    "އެފަދަ ކުންފުނިތައް އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ކުންފުންޏާބެހޭ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) (3) ގައިވާ ގޮތުގެ މަތިން، ކަމާބެހޭ މައްސަލަތައް ކޯޓަށް ހުށަހަޅައިގެނެވެ،" މިނިސްޓްރީން ބުންޏެވެ.

    އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، އެ މިނިސްޓްރީން ކުރި އިއުލާނުތަކާ ގުޅިގެން އުވާލުމަށް ރެކޯޑްކުރެވިފައިވާ 6050 ކުންފުނީގެ ތެރެއިން 4924 ކުންފުނި އުވާލުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު އުވާލިކަން އަންގައި، އުވާލި ކުންފުނިތަކުގެ ނަން މިއަދު އާންމުކޮށްފައިވާނެ ކަމަށެވެ. އަދި އުވާލާފައިވާ ކުންޏަކާބެހޭ މައުލޫމާތު ސާފުކުރަން ބޭނުންނަމަ liquidation@trade.gov.mv އަށް އީމެއިލް ކުރުމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.