• Sat, 15 August, 2020, 3:50 pm
    ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު

    އަލީ ވަހީދު ދިރިއުޅޭ ގެއަށް ފުލުހުން ވަދެއްޖެ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅޭ ގެއަށް ފުލުހުން ވަދެއްޖެއެވެ.

    ފުލުހުން ބުނީ، އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އަލީ ވަހީދު ދިރިއުޅޭ ގެ ބަލައި ފާސް ކުރަމުން އަންނަ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

    ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

    މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތަކެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އޭނާއަށް އެންގެވީ މިދިޔަ އަންގާރަ ދުވަހުއެވެ. ނަމަވެސް ރައީސްގެ އެންގެވުމާ އެއްގޮތަށް އިސްތިއުފާ ދެއްވާފައި ނުވާތީ، ޖެހިގެން އައި ދުވަހު އޭނާ ވަނީ މަގާމުން ވަކިކުރައްވައިފައެވެ.

    “ހަފްތާ” އަށް އެނގިފައިވާ ގޮތުގައި، އަލީ ވަހީދު މަގާމުން ވަކިކުރެއްވީ އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމުގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން ސީދާ ރައީސް ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކުރައްވައި ހިއްސާ ކުރެއްވުމުންނެވެ.

    އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެ އެކަން ހުށަހަޅާފައިވާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ އަދަދު 12 އަށް އަރާ ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތުދެއެވެ. މި މައްސަލަތައް މުވައްޒަފުންނަށް ކުރިމަތިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އޭގެ ތެރެއިން ބައެއް މުވައްޒަފުންނަށް އޮފީސް މާހައުލުގެ ބޭރުން، ރިސޯޓްތަކުގައި ވެސް އަލީ ވަހީދުގެ ފުށުން ޖިންސީ ގޯނާގެ އަމަލުތަކާ ކުރިމަތިލާން ޖެހުނު ކަމަށްވެއެވެ.

    އޭގެ އިތުރުން ޖިންސީ ގޯނާގެ ޝިކާރައަކަށްވި ބައެއް މުވައްޒަފުން އެ މިނިސްޓްރީގެ ވަޒީފާއިން ވަކިވެފައިވާ ކަމަށް ވެސް "ހަފްތާ" އަށް ވަނީ އެނގިފައެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.