• Thu, 26 November, 2020, 9:10 am

  ބޮލުން ހަންފޮޅޭތަ..! މިއޮތީ ހައްލު

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ރީތި އިސްތަށިގަނޑެއް ލިބިފައި އޮތުމަކީ އެންމެބޮޑު އެއް ހިތްހަމަޖެހުމެވެ. އެއާއިއެކު އިސްތަށިގަނޑު ހަޑިވެ ނުވަތަ ހަންފޮޅި ހަލާކުވެފައިވުމަކީ އެއަށްވުރެ ބޮޑު ހިތާމައެއް ކުރިމަތި ނުވާފަދަ ހިތްދަތި ކަމެކެވެ. އަބަދުވެސް މަސައްކަތް ކުރަންޖެހެނީ ތިމާގެ އިސްތަށިގަނޑު ސާފްކޮށް ރީތިކޮށް ބޭއްވޭތޯއެވެ. އެހެންނަމަވެސް ބައެއްފަހަރު ފަރުވބާކުޑަކޮށް ލެވޭތަން އާދެއެވެ. ނަތީޖާއަކަށް ވެގެންދަނީ ތިމާގެ ރީތި އިސްތަށިގަނޑު ހަލާކުވެ ނުވަތަ ބޮލުންހަންފޮޅުމުގެ މައްސަލައާއި ކުރިމަތިލާންޖެހުމެވެ.

  ބައެއްފަހަރު ބޮޅުންހަންފޮޅުން މިއީ ވަކިއުމުރަކަށް ދިމަވާކަމެކޭވެސް ބުނެ އަޅާނުލާ ދޫކޮށްލެވެއެވެ. ހަގީގަތަކީ ބޮޅުން ހަންފޮޅުން މިއީ ވަކިއުމުރަކަށް ދިމާވާކަމެކޭ ބުނެ ފަރުވާކުޑަކޮށްލެވޭކަން ނެތެވެ. ކޮންމެ އުމުރެއްގެ މީހަކަށްވެސް މި ބަލި ދިމާވެދާނެއެވެ. ބޮލުަގައި ހަންފޮޅެންދިމާވާ ބައެއްސަބަބުތަކުގެ ތެރޭގައި ބައެއްފަހަރު ބޮލުގެ އިސްތަށި ތަކަށް މާބޮޑަށް ހިރަފުހުގެ އަސަރުކުރުން ވެއެވެ.

  އަނެއް ބައި ފަހަރު އާންމުކޮށް ހަންގަނޑު ތެޔޮ މީހެއްނަމަ ބޮލުގައި ތެޔޮހެދި އިސްތަށިގަނޑާއި ބޯ މާބޮޑަށް ތެޔޮ ވެފަ ހުރުމަކީވެސް ބޮލުގައި ހަންފޮޅުމަށް ދިމަވާ އަލާމާތެކެވެ. އެހެންކަމުން ބޮލުން ހަންފޮޅުމުގެ މައްސަލަ ދިމާވުމަކީ އެބަލިން ސަލަމާތްވަރަށް ބައެއްފަހަރު ވަރަށް ގިނަމަސައްކަތް ކުރަންޖެހިފައިވާ ކަމެކެވެ. މީގެ އިތުރުން މިބައްޔަކީ ވަރަށް ފަސޭހައިން ރަގަޅުވެސް ކޮށްލެވޭ ބައްޔެކެވެ. ބޭނުންވަނީ ކުޑަހިޔްވަރެކެވެ. ގަވާއިދުން ފަރުވާކުރެވޭނެ ގޮތެކެވެ.

  އެންމެފަހުގެ ދިރާސާތަށް ދައްކާގޮތުން ބޮލުން ހަންފޮޅުމުގެ މައްސަލަޔަށް އޮތް އެންމެ ފަސޭހަ ގޮތަކީ ލުބޯ ބޭނުންކޮށްގެން ދެވޭ ފަރުވާއެކެވެ.

  އެގޮތުން ބޭނުންވަނީ ދެ ސައިސަމްސާ ލުބޯހުތާއި،  ބިއްލޫރިތައްޓެއްގެ ސާފް ފެނެވެ. ހައްދަވަންވީގޮތަކީ ލުބޯހުތް ފެންތަށްޓަށް އަޅާ ރަގަޅަށް އެއްކޮށްލުމަށްފަހު އެފެނުން ރަގަޅަށް ބޯދޮވެލުމެވެ. ބޮލުގެ ހަންގަޑު ރަގަޅަށް ތެމެންދެން ބޮލުގެ އެތެރޭގައި ފެން ހާކާ ދޮވެލާށެވެ. މިގޮތަށް ބަރާބަރު އެއްހަފްތާ ވަންދެން ބޯ ދޮވެލުމުން ބޮލުން ހަންފޮޅުމުގެ މައްސަލައަށް ހައްލުލިބި މުޅިން ރަގަޅުވެދާނެއެވެ.

  ލުބޯ ފެނުން ބޯ ދެވެލުމުން ބޮލުގައި ހަންފުޅުމަށް އުފެދޭ ޖަރާސީމް މަރާލަދެއެވެ. ސަބަބީ ލުބޯހުތުގައި އެކުލެވޭ ސިޓްރިކް އެސިޑްގެ ސަބަބުންނެވެ. މީގެ އިތުރުން ބޮލުގައި ހަންފޮޅުމަށް ބާރުދޭ މައްދާއެއް ނައްތާލުމުގެ ބާރުވެސް ލުބޯހުތުގައި ގިނައަދަދަކަށް އެކުލެވިގެންވެއެވެ.

  ޓީ ޓްރީ އޮއިލް އަކީވެސް ޒަމާނުއްސުރެ ހަންގަނޑުގެ އެކިއެކި ބަލިތަކަށް ފަރުވާ ކުރުމަށްޓަކައި ބޭނުން ކުރަމުން އައިސްފައިވާ އެއްޗެއްކަމުން، މިއީ ބޮލުގައި ހަން ފޮޅުން ހުއްޓުވުމަށް އެއްވަނައިގެ އެއްޗެކެވެ. ރިޕޯޓްތަކުން ދައްކާ ގޮތުގައި ޓީ ޓްރީ އޮއިލްއަކީ ހަންފޮޅުމަށް ދިމާވާ ޒާތުގެ ފަންގަސް ނައްތާލުމުގައި ވަރަށް ބޭނުންތެރި އެއްޗެކެވެ.

  ޓީ ޓްރީ އޮއިލް އަކީ ސެންސިޓިވް ހަންގަނޑުތައް ހިރުވުމަށް މެދުވެރި ކުރުވާ އެއްޗެއް ކަމުން، އެންމެ ރަނގަޅު ގޮތަކަށް ވާނީ ކާށި ތެލަށް 3-2 ތިކި ޓީ ޓްރީ އޮއިލް އަޅައިގެން ބޭނުން ކުރުމެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.