• Mon, 10 August, 2020, 11:35 pm

    "ކޮންމެ ފަހަރަކު ވެސް މިނިވަންކަން ގެއްލިފައިވަނީ ދިވެހި މަދު ބައެއްގެ އަމިއްލަ އެދުމުގެ ސަބަބުން"

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ދިވެހި ޤައުމަށް ސިޔާސީ ގޮތުން މިނިވަންކަން ލިބިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެފަހުން ބައިޤަރުނު ފާއިތުވެ، މިއަދަކީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 55 އަހަރުފުރޭ ވުރެ ދުވަހެވެ. މިއަދު ލިބިފައިވާ މިނިވަންކަމުގެ ކުރިއެރުމާ އެއްވަރަށް އެންމެ އަޑުގަދަކޮށް ދެކެވޭ އެއްވާހަކައަކީ އިޖުތިމާޢީ މިނިވަންކަމުގެ ވާހަކައާއި، ސިޔާސީ މިނިވަންކަމުގެ ވާހަކައެވެ.

    ދިވެހި ތާރީޚުގެ ސަފުހާތަކަށް ބަލާއިރު މިނިވަންކަން ހޯދުމަށް ޓަކައި ދިވެހިން މަސައްކަތް ނުކުރާ އެއްވެސް ދުވަހެއް ނާދެއޭކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިނިވަންކަމޭ ބުނެވޭބަހުގެ މާނައަކީ ހަމައެކަނި އަޅުވެތިކަން ގެއްލި މިނިވަންކަން ހޯދުމެއްނޫނެވެ. ހަމައެއާއި އެކު ފަރުދީ މިނިވަންކަމާއި ދީނީ މިނިވަންކަމާއި، އިޤުތިޞާދީ މިނިވަންކަމުގެ އިތުރުން އިޖުތިމާޢީ މިނިވަންކަމާއި، ޘަޤާފީ މިނިވަންކަމާއިއެކު އަޅުގަނޑުމެންނަށް ލިބިފައިވާ ޙައްޤުތަކުގެ މިނިވަންކަން ހޯދުމަށް ކާބަފައިން ކުރި ޖިހާދުތަކެވެ.

    ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިފައިވަނީ މަދުފަހަރެއްގައިކަމަށްވިޔަސް އެއިން ކޮންމެފަހަރަކުވެސް މި ރާއްޖޭގެ މިނިވަންކަން ގެއްލިފައިވަނީ ދިވެހި ޚާއިނުންގެ ސަބަބުންނެވެ. ބޭރުގެ ފަރާތްތަކާ ގުޅިގެން މަދު ބަޔަކު ކުރި އަމިއްލަ އެދުމުން ފޯވެފައިވާ ކަންތަށްތަކެއްގެ ސަބަބުން މިނިވަންކަން ގެއްލިފައިވާކަން ހިތާމަޔާއެކު ދަންނަވަމެވެ. އެފަދަ ކޮންމެ ފަހަރަކު މިނިވަންކަން ހޯދުމަށް ޓަކައި ކާބަފައިންގެ ތެރެއިން ހިތްވަރުގަދަ ދިވެހި ދަރިންތަކެއް ނިކުމެ ކުރެއްވި ޖިހާދަކީ ހަދާންކޮށްލަން މުހިންމު ޖިހާދުތަކެކެވެ. އަދި ހަމަ އެހެންމެ ޝުކުރު ޙައްޤު ޖިހާދު ތަކެއްވެސް މެއެވެ. ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކަން ހޯއްދެވުމަށް ޓަކައި އުތީމު މުޙައްމަދު ތަކުރުފާނު ވެވަޑައިގަތް ޤުރުބާނީއާއި ހޮޅީންގެ އަތްދަށުން މިނިވަންވުމަށް ޓަކައި ދޮންބަންޑާރައިން ކުރެއްވި ޖިހާދެވެ.

    ހަމައެއާއި އެކު މިފަހުގެ ތާރީޚުގައި ދިވެހިންދުއް 1988 ވަނަ އަހަރު ނޮވެންބަރު ތިން ވަނަ ދުވަހު ތަމަޅަ ޓައިގަރުން މާލެ އަރައި ދިން އުދުވާނީ ޙަމަލައިގެ މަތިން ހަނދާންވާ ބަޔަކު މިއަދު މިދުނިޔޭގައި އެބަތިއްބެވެ. މިއިން ކޮންމެފަހަރަކުވެސް ދިވެހިންގެ ތެރެއިން ފެނިގެން ގޮސްފައިވަނީ އެއްބައިވަންތަކަމެވެ. އެފަދަ ކޮންމެ ދަނޑިވަޅެއްގައި ދިވެހީންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ނުގުޑާ ފަދަ ވަރުގަދަ ޢަޒުމާއި ހިތްވަރާއި ކެރުމެވެ.

    އާދެ އެހެން އެކަން ވެފައިވަނީ ސަބަބެއްނެތިއެއްނޫނެވެ. ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމާ، ޞުލްޙަ މަސަލަސްކަމެވެ. އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގައި ވަރުގަދައަށް ސާބިތުވެ ތިބި ތިބުމެވެ. ކޮންމެ ފަރުދަކު އެފަރުދެއްގެ ވާޖިބު އަދާކުރުމާއެކު މިނިވަންކަން ހޯދުމަށް ޓަކައި ކުރި ބުރަ މަސައްކަތެވެ.

    މިނިވަންކަމުގެ ވާހަކަ ދައްކާއިރު ޤައުމުގެ ޙާލަތު އޮތްގޮތާ މެދު މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނާލަން އެބަޖެހެއެވެ. މި ދިވެހިރާއްޖޭގެ އިޖުތިމާޢީ ފޭރާން ހަލާކުވެ ކުށްކުރުން މިވަނީ އިންތިހާއަށް އިތުރުވެއްޖެއެވެ. މީހުންމެރުމަކީ އާދައިގެ ކަމަކަށް ވެއްޖެއެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުންދިނުން އިތުރުވެފައިވާ މުޖުތަމަޢަކަށް މިކުޑަކުޑަ ދިވެހިރާއްޖެ ވެއްޖެއެވެ. ކުށްކުރާ ބަޔަކު އެ ކަން ކުރަނީ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތިއެވެ. މި ފަދަ ކަންކަން ޢާއްމުވުމުން ޤައުމުގެ އަމަން އަމާންކަން ދެކެ އަޅުގަނޑުމެންގެ ޅަދަރީން ބިރުގަންނަން ފަށައިފިއެވެ. ޞުލްޙަ މަސްލަޙަތު ދަމަހައްޓާން އެއް ބަޔަކު މަސައްކަތްކުރާ އިރު، އަނެއް ބަޔަކު ދަނީ އެ މަޞްލަޙަތު ނެތިކުރެވޭތޯ ބަލަމުންނެވެ. ބޭރުގެ ފަރާތްތަކުން އަމާން، އޮމާން ޤައުމެއްގެ ގޮތުގައި ދެކެމުންދާ އިރު، އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި އެ އަމާންކަން ނުފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެކެވެ.

    އާދެ..! ޤައުމެއްގައި މިނިވަންކަން ދެމިއޮތުމަށް ޓަކައި އެ ޤައުމެއްގެ އިޤްތިޞާދު ކުރިއަރުވާން ޖެހެއެވެ. ފުދުންތެރި ބަޔަކަށް ވާން އެބަޖެހެއެވެ. ހަރުދަނާ ޖީލެއް އުފެދިގެން ނޫނީ ފުދުންތެރި ބަޔަކަށް ނުވެވޭނެއެވެ. ތަޢުލީމީ ނިޒާމުގެ ތެރެއިން ޢިލްމާ އެއްވަރަށް މަސައްކަތްތެރިކަން ދަސޮށްދޭން އެބަޖެހެއެވެ. ހަމައެހެންމެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި ވިޔަފާރިތަކާއި އިތުކުރާން އެބަޖެހެއެވެ. ދިވެހީންގެ އެންމެ އަގުބޮޑު ވިޔަފާރި ކަމުގައިވާ ފަތުރުވެރިކަމާ އެއްވަރަށް ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއަރުވާން ޖެހެއެވެ. ޤައުމުތަކަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި އަމިއްލަ ފައި މައްޗަށް ތެދުވާން ޖެހެއެވެ. އެހެން ބަޔަކަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލައަށް ތަކެތި އުފައްދާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހެއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.