• Thu, 3 December, 2020, 6:17 pm
    ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް-- ފޮޓޯ/ މަޖިލިސް

    އިދިކޮޅުން މުޒާހަރާ ކުރަނީ ހިޔާނާތް ބަލާ ކޮމިޝަންގެ ރިޕޯޓަށް ބިރުން: އަނދުން ހުސެއިން

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ކުރި މުޒާހަރާއަކީ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރިޕޯޓަށް ބިރުން ކުރި މުޒާހަރާއެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.

    "އެންމެން އެއް އަޑަކުން"ގެ ނަމުގައި ރޭ ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމައްޗަށް އެއްވެ، އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ރޭ ކުރި މުޒާހަރާގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާލައިފަ އެވެ.

    އެ މުޒާހަރާއާ ގުޅިގެން އަނދުން ހުސެއިން ކުރި ޓުވީޓެއްގައި ވިދާޅުވީ، ރޭ ކުރި މުޒާހަރާއަކީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓްގައި ހިމެނޭ މުޖުރިމުން، އިންސާފަށް ބިރުން ކުރި މުޒާހަރާއެއް ކަމަށެވެ.

    "ތެޅުނު ވަރަކަށް ދާނީ ހުޅުނބު. ވަގުން ހިފާ ހައްޔަރު ކުރާނެ،" އަނދުން ހުސައިން ވިދާޅުވިއެވެ.

    އަނދުން ހުސެއިން މިހެން ވިދާޅުވެފައިވާއިރު، އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އެކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފަ އެވެ. އަދި އެކަން ހާމަކުރައްވާ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން ފައްޓަވާފައިވާ ކަމަށެވެ.

    އެސެޓް ރިކަވަރީ ކޮމިޝަނުން އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެ ކުރިން ނެރުނު ރިޕޯޓެއްގައި 155 މީހެއް ހިމެނޭ ކަމަށް ބުނެފައި އޮތް ނަމަވެސް އެ އަދަދު މިހާރު 300 އެއްހާ މީހުންނަށް އަރާފައިވާ ކަމަށާއި އަދި ބަލައި ހޯދޭ މިންވަރަކުން އެ އަދަދު އިތުރުވަމުން ވެސް ދާނެ ކަމަށެވެ. އަދި ހިޔާނާތާ ގުޅޭ ދެ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާއިރު އިތުރު ފަސް މައްސަލައެއް ވަރަށް އަވަހަށް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

    "32 ކޭސްއެއްގެ މަސައްކަތުގެ ތެރެއިން ދެ ކޭސްއެއް ކޯޓަށް ހުށަހެޅިފައި އެބަވޭ. އޭގެ އިތުރަށް އަންދާޒާ ކުރެވޭ ގޮތުގައި، އުންމީދުކުރެވޭ ގޮތުގައި ކުރިއަށް އޮތް މަދު ހަފުތާކޮޅެއްގެ ތެރޭގައި ފަސް ކޭސް ކޯޓާ ހަމައަށް ފޮނުވޭނެ. ދެން އަޅުގަނޑުމެންނާ ދޭތެރޭ ތިބޭފުޅުންނަށް ޝައްކެއް އޮތީވިއްޔާ އެ ފަސް ކޭސް ދިޔައީމަ ނިންމަވާށޭ މީގައި އެއްވެސް ކަހަލަ ބަޔަސް އެއް އެބަ އުޅޭތޯ ނުވަތަ ނޫންތޯ. އޭގެން ސާފުވެގެންދާނެ ވަކި ފަރާތަކަށް ބެލުމެއް ނެތިކަން މިކަން ކޮށްފައި މިއޮތީ،" އަސްއަދު ވިދާޅުވިއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.