• Mon, 10 August, 2020, 11:23 pm
    އެންއީއޯސީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފިނޭންސް މިނިސްޓަރު އަމީރު --- ފޮޓޯ: ރައީސް އޮފީސް

    ވަޒީފާއަށް އަސަރުކުރި 6638 މީހަކަށް 27.2 މިލިއަން ރުފިޔާ ދޫކޮށްފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުމާއި މުސާރަ ކުޑަކުރުން ފަދަ ކަންކަމުން ގެއްލުންވި މީހުންނަށް އިންކަމް ސަޕޯޓްގެ ގޮތުގައި 27.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

    ފިނޭންސް މިނިސްޓްރީން ބުނީ، އެ ފައިސާ ދޫކޮށްފައިވަނީ 6638 މީހަކަށް ކަމަށެވެ. މިއީ ފިނޭންސުން އެންމެ ފަހުން ހާމަކުރި މައުލޫމާތަށް ބަލާއިރު 2113 މީހުންގެ އިތުރުވުމެކެވެ.

    މިމަހުގެ 16 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން އާންމުކުރި އިންކަމް ސަޕޯޓް އެލަވެންސްގެ މައުލޫމާތަށް ބަލާއިރު އެދުވަހާ ހަމައަށް ދޫކުރީ 18.1 މިލިއަން ރުފިޔާއެވެ. އެއީ 4525 މީހަކަށެވެ. އެހެންކަމުން މިދިޔަ 12 ދުވަސް ތެރޭގައި އިންކަމް ސަޕޯޓްގެ ގޮތުގައި 9.1 މިލިއަން ރުފިޔާ މިވަނީ ދޫކޮށްފަ އެވެ.

    އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޮވިޑް 19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ.

    އޭޕްރީލް، މެއި އަދި ޖޫން މަހަށް ދޭން ނިންމާފައިވާ "އިންކަމް ސަޕޯޓް އެލަވަންސް" އުސޫލުގައި ބުނެފައިވާ ގޮތުގައި މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް 19 ގެ ސަބަބުން ވަޒީފާއިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން)ނެވެ. މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ލިބޭނީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހިންނަށް އެކަންޏެވެ.

    "އިންކަމް ސަޕޯޓް އެލަވަންސް" އުސޫލުގައި ބުނެފައިވާ ގޮތުގައި ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000 ރުފިޔާގެ އެލަވެންސެއް ލިބޭނެ އެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000 ރުފިޔާއަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000 ރުފިޔާ އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.

    މީގެ އިތުރުން ފްރީލާންސަރުންގެ ތެރެއިން 5،000 ރުފިޔާގެ އެލަވެންސެއް ލިބޭނީ އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންނަށް ކަމަށާއި ލިބޭ އާމްދަނީ ދަށްވެފައިވާ މީހުންނަށް 5،000 ރުފިޔާއިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.