• Mon, 10 August, 2020, 11:22 pm
    މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލައިގައި ކޯޓަށް ވަޑައިގަންނަނީ --- ފޮޓޯ: އޭޕީ

    މަލްޓި ބިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ މައްސަލާގައި ނަޖީބަށް 12 އަހަރުގެ ޖަލު ހުކުމެއް!

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް އުފުލާފައިވާ މަލްޓި-ބިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ މައްސަލަތައް ސާބިތުވުމާ ގުޅިގެން އޭނާ 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

    އުމުރުން 67 އަހަރުގެ ނަޖީބުގެ މައްޗަށް އެ ހުކުމް ކުރީ، މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ޔުނިޓެއް ކަމަށްވާ އެސްއާރްސީ އިންޓަނޭޝަނަލް އިން ނަޖީބުގެ އަމިއްލަ އެކައުންޓަށް 42 މިލިއަން ރިންގިޓް (10.1 މިލިއަން ޑޮލަރު) ޖަމާކުރި މައްސަލައިގައި މިއަދު ކުއަލަލަމްޕޫރުގެ ހައި ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގައި އޭނާގެ މައްޗަށް އުފުލި ހަތް ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައެޅުމުންނެވެ. ނަޖީބުގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑަރިން އާއި މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކުރުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.

    އެ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރު ވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން ނަޖީބަށް 12 އަހަރަށް ޖަލު ހުކުމާއި އަމާނާތަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާތަކަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

    އެ ހުރިހާ ހުކުމެއްވެސް ތަންފީޒު ކުރައްވާނީ އެއްކޮށް ކަމުން އޭނާ ޖަލުގައި ހޭދަ ކުރައްވަން ޖެހޭނީ ގިނަވެގެން 12 އަހަރެވެ. ޖަލު ހުކުމުގެ އިތުރުން 210 މިލިއަން ރިންގިޓް (49 މިލިއަން އެމެރިކާ ޑޮލަރު) އިން ނަޖީބު ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން މިއަދު ހުކުމްކޮށްފައިވެ އެވެ.

    އެ ހުކުމް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ނަޖީބު ވިދާޅުވުމާ ގުޅިގެން މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ އޭނާ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދެއްވައިފަ އެވެ. އަދި ދެމަހުން އެއްފަހަރު ފުލުހަށް ރިޕޯޓްކުރުމަށް ވަނީ އަންގައިފަ އެވެ.

    މެލޭޝިއާގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންތާ އަހަރެއްގެ ތެރޭގައި އިގްތިސާދު ތަރައްގީ ކުރުމުގެ ނަމުގައި 1އެމްޑީބީ ހުޅުވީ 2009 ވަނަ އަހަރު އެވެ. ނަމަވެސް އެ ބޭންކުން އިންވެސްޓްމަންޓަށް ހޭދަކުރުމުގެ ބަދަލުގައި ނަޖީބު އާއި އޭނާގެ އެކުވެރިން ވަނީ އެ ކުންފުނީގެ ފައިސާ އަމިއްލަ ކަންކަމަށް ހޭދަކޮށްފަ އެވެ. އޭގެ ތެރޭގައި އަގު ބޮޑު ލަގްޒަރީ އިމާރާތްތަކާއި ލަގްޒަރީ ޔޮޓްތައް 1އެމްޑީބީގެ ފައިސާ އިން ވަނީ ގަނެފަ އެވެ.

    އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ލަފާކުރަނީ 1އެމްޑީބީގެ ޚިޔާނާތް 4.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

    ނަމަވެސް ނަޖީބުގެ ވެރިކަމުގައި މި މައްސަލަތައް ބެލި ކޯޓަކުން ވަނީ އެކަމުގައި އެއްވެސް ގޯހެއް ނެތް ކަމަށް ކަނޑައަޅައިފަ އެވެ. މި މައްސަލަތައް އަލުން ބަލަން އަމުރުކުރެއްވީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މަހާތިރު މުހައްމަދެވެ. އަދި އެ ތަހުގީގުގެ ތެރެއިން މެލޭޝިއާ ފުލުހުން ވަނީ ނަޖީބާއި އަނބިކަލުންނާ ގުޅުން ހުރި 273 މިލިއަން ޑޮލަރުގެ އަގު ހުރި ތަކެތި ހިފަހައްޓައިފަ އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.