• Mon, 10 August, 2020, 11:46 pm

  މިފަހަރު އީދު ހަދިޔާ ގަންނަންވީ ނިއު އެޑިޝަނުން، ޖީބަށް ލުއިވެފަ ތަފާތު ވާނެ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  އީދު ހަދިޔާ ދިނުމަކީ ދިވެހިންގެ ސަގާފީ އާދަކާދައިގެ ތެރޭގައި އޮންނަ ރީތި އާދައެކެވެ. އާއިލާގެ މެންބަރުން، ރައްޓެހި ރަހުމަތްތެރިން، ލޯބި ވެރިންނަށް ވެސް އީދު ހަދިޔާއެއްގެ ގޮތުގައި ކޮންމެވެސް އެއްޗެއް ދިނުމަކީ މިހާރުވެސް ގެންގުޅެމުން އަންނަ ޒަމާނީ ސަޅި ޓްރެންޑެކެވެ. ނަމަވެސް ޒަމާންތަކާއެކު އީދު ހަދިޔާއަށް ދެމުން އަންނަ އެއްޗިއްސަށް ވެސް މި އަންނަނީ ބަދަލު އަންނަމުންނެވެ.

  މިފަހަރު އީދު ހަދިޔާއެއް ހިޔާރު ކުރާނަމަ އެންމެ މަގުބޫލު އެއްޗަކަށްވާނީ މީރުވަސްދުވާ ސެންޓް، ބޮޑީ ސްޕްރޭފަދަ ހަށިގަނޑަށް އިތުރު ތާޒާކަމެއް އަރާމު އިހުސާސެއް ގެނެސްދޭ ފަދަ އުފެއްދުމެކެވެ. އެއީ ހަމަ ގައިމުވެސް އެންމެނަށް ވެސް ކަމުދާނެ އެއްޗެކެވެ. ނަމަވެސް ސެންޓެއް ހިޔާރުކުރާއިރު އެއީ ކޮލިޓީ ބްރޭންޑެޑް އެއްޗަކަށް ވާންވާނެ އެވެ.

  އެހެންވީމާ މިފަހަރު އެންމެ މަގުބޫލު އީދު ހަދިޔާއަކަށް ވާނީ ނިއު އެޑިޝަނުން ތައާރަފްކޮށް ވިއްކަމުން އަންނަ އީދު ހަދިޔާ ޕެކްތަކެވެ.

  ބްރޭންޑެޑް ކޮސްމެޓިކްސް އަދި ޕާފިއުމް ވިޔަފާރީގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ނިއު އެޑިޝަނުން ވަނީ އީދު ހަދިޔާ ޕެކް ގޮތުގައި ތަފާތު ޕްރޮޑަކްޓްތައް ހިމެނޭ ޕެކްތަކެއް ތައާރަފްކޮށްފަ އެވެ. ދެ ޖިންސަށް ހާއްސަކޮށް ނިއު އެޑިޝަނުން ތައާރަފްކޮށްފައިވާ ޕެކްތަކުގައި މަގުބޫލު ސެންޓްތަކުގެ މީރު ވަސް ވަނީ ހިމަނައިފަ އެވެ.

  ނިއު އެޑިޝަނުން ބުނީ، މި ޕެކްތައް ތައްޔާރުކޮށްފައިވަނީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު ހޮވުން ތައް ހިމަނައިގެން، ކަސްޓަމަރުންނަށް ޖީބަށް ލުއި، ތަފާތު އިހުސާސެއް މިއީދުގެ ތެރޭގައި ގެނެސް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިޕެކްތަކުގައި މަގުބޫލު ލެލީޑޯ، މެޖިކްގެ ވަސްތައް ވެސް ވަނީ ހިމަނައިފަ އެވެ. އަދި

  ނިއު އެޑިޝަންގެ ފޭސްބުކްބޭޖާއި ވައިބާ ގުރޫޕްގައި އީދު ހަދިޔާ ޕެކުތަކުގެ ޗޮއިސްތައް ކަސްޓަމަރުންނަށް މިހާރު ފެންނަން ހުންނައިރު، އެ ޕެކްތައް ތައްޔާރުކޮށްފައިވަނީ ކަސްޓަމަރުންނަށް ބޮޑު ޑިސްކައުންޓެއް ލިބޭނެ އެކަށޭނަ އަގުތަކެއްގައިކަން ޚާއްޞަ ގޮތެއްގައި ނިއުއެޑިޝަނުން ހާމަކުރެއެވެ.

  މީގެ އިތުރުން ނިއު އެޑިޝަނުން ރާއްޖެއަށް ތައާރަފްކޮށްފައިވާ މަގުބޫލު ނޯޓް ޕްރޮޑަކްޓް ގިފްޓް ވައުޗާ ވެސް މިހާރު ލިބެން ހުންނާނެ އެވެ. ނޯޓް ގިފްޓް ވައުޗާގެ 300ރ، 500ރ އަދި 1000ރ ވަނީ ތައާރަފްކޮށްފަ އެވެ. މިއީ ވެސް އީދު ހަދިޔާއަކަށް ދޭން ހަމަ ސަޅި ހިޔާލެކެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.